ހަބަރު

"އެއްލަކިން" މުއްދަތު އިތުރުކޮށް، ނަމްބަރު ދޫކުރުން ސޯޝަލް ސެންޓަރަށް

May 28, 2018
އެއްލަކިން ލައިސަންސް ފޯމް ނެގުމަށް ކިއު ގައި - އަވަސް ފޮޓޯ | އަހުމަދު ނާއިމް
0%
0%
0%

އެއް ދުވަހުން ލައިސެންސް ނެގޭ "އެއްލަކިން" ޕްރޮގްރާމް ކުރިޔަށް ގެންދާ މުއްދަތު އިތުރު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ނިންމައިފި އެވެ. ޓްރާންސްޕޯޓުން ކުރިން ނިންމާފައި ވަނީ މިރޭގެ ނިޔަލަށް އެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށެވެ.

ނަމަވެސް އެ އޮތޯރިޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްލަކިން ޕްރޮގްރާމް މި މަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށާއި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ޓޯކަން ނަމްބަރު ދޫކުރުން ކޮންމެ ދުވަހަކު ހަވީރު 4:00 އިން 5:00 އަަކަށް ސޯޝަލް ސެންޓަރުގައި ކުރިޔަށްދާނެ ކަމަށެވެ.

އެއްލަކިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ލައިސެންސް ނަގާފަ އެވެ. އެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު އެންމެ ފަހުން ނަމްބަރު ދޫކުރަން ހުޅުވާލުމުން ވެސް ދިގު ކިއޫއެއް ހަދާލި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345