ވިޔަފާރި

ދިރާގުން ނާޒުކު ހިތްތަކަށް ދީލަތި އެހީއެއް!

Jun 2, 2018

ރޯދަ މަހުގެ ޕްރޮމޯޝަން ހިންގުމަކީ އާކަމެއް ނޫނެވެ. މިކަމުގައި ހާއްސަކަމެއް ނެތެވެ. އަދި މިއީ އާކަމެއް ވެސް ނޫނެވެ. އެކަމަކު މި ރޯދަ މަހު ދިރާގުގެ "ރޯދަ ޕްރޮމޯޝަން" ގައި ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ބޮޑު އެހީއެކެވެ. މި ދީލަތި މަހުގައި ދިރާގުގެ ކަސްޓަމަރުންގެ ފަރާތުން މި ދެނީ ދީލަތި އެހީއެކެވެ. މިކަމުގައި ދިރާގު ކަސްޓަމަރުން ވަކިން ފައިސާ ދޭކަށް ނުޖެހެ އެވެ. އާއްމު އުސޫލުން ބޭނުންކުރާ ޑޭޓާޕެކް ނެގީމަ ނިމުނީ އެވެ. އެއީ މި ރޯދަ މަހަށް ނަގާ ކޮންމެ ޑޭޓާ ޕެކްއަކުން ލިބޭ އާމްދަނީގެ 10 ޕަސެންޓް "ޓައިނީ ހާޓްސް" އަށް ހަދިޔާ ކުރުމުވެ. މިއީ ކިހާ ރަނގަޅު ކަމެއް ހެއްޔެވެ؟ ހާދަ ރަނގަޅެވެ. ދިރާގުން ނާޒުކު ހިތްތަކަށް މި ދެނީ ދީލަތި އެހީ އެކެވެ.

ރޯދަ މަހަކީ ދީލައި ކަމުގެ މޫސުމެވެ. އެހެންވެ، ދިރާގުގެ ރޯދަ ޕްރޮމޯޝަންތަކުގައި ހިމަނާފައިވާ މި ބައިގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ބަޔަކީ ހަމަ ގައިމުވެސް އެ ކުންފުނީގެ ކަސްޓަމަރުންނެވެ. ދިރާގު ކަސްޓަމަރުންގެ އަދަދު ހަތަރު ލައްކަ ފަހަނަ އަޅައި ގޮސްފައިވާއިރު، މި ރޯދަ މަހު ދިއްކޮށްލާ މި އެހީއަކީ ސީދާ ކަސްޓަމަރުންގެ ހަދިޔާއަކަށްވާނެ އެވެ. މި އެހީވުމަށް ޓަކައި ހަދަން ޖެހޭ ގޮތަކީ #8*123* އަށް ގުޅުމަށްފަހު، މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކޮށްލަންވީ އެވެ. އޭރުން ނާޒުކު ހިތަކަށް ތި ދެވުނީ ވަރަށް ބޮޑު އެހީއެކެވެ.

ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ޖީހާން އަހުމަދު (ޖީއްކޮ) ވިދާޅުވީ ދިރާގުން އެ ޖަމްއިއްޔާއަށް މި އެހީ ދިނުމަށް އެޕްރޯޗް ކުރީ ވެސް އެ ކުންފުނިން ކަމަށެވެ. އަދި މިއީ ޗެރިޓީއެއްގެ ގޮތުގައި ކުރެވޭ ތަފާތު ރަނގަޅު މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވަރަށް ގިނަ ކުދިން އެބަތިބި ހިތުގެ އޮޕަރޭޝަންތަކަށް މިހާރުން މިހާރަށް ފުރަން ޖެހޭ ވެސް. މި ފަރުވާ އަށް އާސަންދަ އެހީ ލިބުނު ނަމަވެސް އެހެނިހެން ގިނަ ހޭދަ ތަކެއް ޕޭރެންޓުން ކުރަން ޖެހޭ. އެހެންވެ މިއީ ބުނެވޭނީ ވަރަށް ރަނގަޅު ކަމެކޭ،" ޖީއްކޮ ވިދާޅުވި އެވެ.

ޓައިނީ ހާޓްސްގައި 500 އަށް ވުރެ ކުދިން ރަޖިސްޓްރީ ވެފައި، ތިބިއިރު 30 ހަކަށް ކުދިންނަކީ ވީއެންމެ އަވަހަށް ފަރުވާ އަށް ދާން ޖެހޭ ކުދިންނެވެ. އެހެންވެ ދިރާގުގެ ކަސްޓަމަރުންގެ ފަރާތުން ދިރާގުން ދޭ މި "ހަދިޔާ" ވެގެންދާނީ މި ކުދިންގެ ހިތްތަކަށް ލިބޭނެ ބޮޑު ފަރުވާ އަކަށެވެ.

ޓައިނީ ހާޓްސް އިން ވާހަކަ ދެއްކެވި، ޖީއްކޮ ވިދާޅުވީ މި އެހީއަކީ ޓައިނީ ހާޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ކުދިންގެ ބެލެނިވެރިންނަށް ލިބޭނެ ބޮޑު އުފަލަކަށް ވާނެ ކަމަށެވެ.

"ގިނައިން ތިބީ 10 އަހަރުން ދަށުގެ ކުދިން. މިކަހަލަ ބަލިތަކުގައި ދެ ޕޭރެންޓު ދާން ޖެހޭ. އެހެންވެ، މިއީ ބޮޑު އެހީއެއް،" ޖީއްކޮ ވިދާޅުވި އެވެ.

ކޮންމެއަކަސް ދިރާގު ރޯދައަށް ހާއްސަ ޑޭޓާ ޕެޖޭކްތައް އެކްޓިވޭޓް ކޮށްލާށެވެ. ތިިޔަ ދެވެނީ ދީލައި އެހީއެކެވެ.