ދިރާގު

ދިރާގުން ހިލޭ ފައިބަ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި

ރެސިޑެންޝަލް ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ފައިބަ 5އެމް ސްޓާޓައިން ފެށިގެން ފައިބަ 30އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ އެވެ.

މި އޮފާއާ އެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބެ އެވެ. އަދި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވެ އެވެ.

ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހް އާދަމް ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އާ އޮފަ ތައާރަފް ކުރުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޕްރޮމޯޝަންގެ ސަބަބުން އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އެލަވަންސްތަކާ އެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ މި އޮފަގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދި ވެގެން ދާނެ ކަމަށް،" ޝާރިހް ވިދާޅުވި އެވެ.

ދިރާގުން މިއަހަރު ވަނީ ދިރާގު އެޕް މެދުވެރިކޮށް ރަމަޟާން މަހަށް ހާއްސަ ފަސް އޮފައެއް ތައާރަފްކޮށްފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.