ވިޔަފާރި

ދިރާގު ޓީވީ ސަމާސައެއް ނޫން: މިހާރު 4 ކޭ ޗެނަލެއް ލިބޭނެ!

Jun 10, 2018

ދިރާގުން ޓީވީގެ ހިދުމަތް ތައާރަފު ކުރުންވީ އުންމީދުދަކަށެވެ. ކޭބަލް ޓީވީއިން ޗެނަލްތައް ބަލަން ޝައުގުވެރިވާ ދިވެހިން ކޮމިއުނިޓީ އިތުރަށް ޝައުގުވެރި ކުރުވި ކަމަށެވެ. މި ހިދުމަތް ގެނެސް ދިނުމަށްފަހު، އެ ކުންފުނިން މަޑުން އޮތީއެއް ނޫނެވެ. އެއް ވާނެއްގައި ދިޔައީ ކުރިއަށެވެ. މިގޮތުން އެންމެ ފަހުން މިވަނީ ފުރަތަމަ ފަހަރަށް 4 ކޭ ޗެނަލެއް ތައާރަފުކޮށްފަ އެވެ.

ދިރާގުން އަލަށް ތައާރަފުކޮށްފައިވާ 4ކޭ ޗެނަލްއަކީ ގުދުރަތީ މަންޒަރުތަކާއި ޑޮކިއުމެންޓްރީތައް ދައްކާ ޗެނަލް އެކެވެ. "ލަވް ނޭޗާ" އިން ރީތި މަންޒަރުތައް ހިތްގައިމު 4ކޭ ކޮލިޓީގައި ގެނެސްދޭ ޑޮކިއުމަންޓަރީތައް ފެންނާނެ އެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބެމުންދާ ޗެނެލެކެވެ.

ފުރަތަމަ 4 ކޭޗެނަލް ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީ ތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީ ޗެނަލް އެވެ. މި ހިދުމަތާއެކު އެ ކުންފުނިން މިވަނީ ޗެނަލުން ގޭގޭގެ ސިޓިން ރޫމްތަކުން 4 ކޭ ޓީވީތަކުގެ ފުރިހަމަކަން ތަޖްރިބާކޮށްލުވުމުގެ ފުރުސަތުލިބިފަ އެވެ.

ރާއްޖޭގެ ޓެލެކޮމް ސިނާއަތުގައި އެއްވަނަ ކުންފުނި ކަމަށްވާ ދިރާގުން ވަނީ ކޭބަލް ޓީވީގެ ހިދުމަތްވެސް އެހެން ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

"ލަވް ނޭޗާ" ޗެނަލް ތައާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތުގަ އެވެ. މިޗެނަލް ހަމައެކަނި ބެލުމުގެ ފުރުސަތު ލިބޭނީ ފައިބަ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ހިދުމަތް ހޯދާ ފަރާތްތަކަށެވެ. ފުރަތަމަ މިޗެނަލް ލިބޭނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށް ތަކަށެވެ. މި އަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ދިރާގު ޓީވީގެ އިންޓްޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެއެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.

ދިރާގު ޓީވީގެ އިންޓްޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެ އެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެ އެވެ. ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެ އެވެ.