ދިރާގު

ދިރާގު ހިޔާ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

May 23, 2022

ދިރާގުން ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ހިޔާއަވަށުގެ ރައްޔިތުންނަށް ހާއްސަ ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ދިރާގު ފައިބަ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތައް އެދުނު ފަރާތްތަކުގެ ތެރޭން ގުރު އަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000ރ. ގެ އިނާމެއް ދީފައިވެ އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދިން 25،00ރ. ލިބިފައިވަނީ އަބްދުލް ރަހުމާން ހަސަން އަށެވެ. އަދި ދެވަނަ އަށް 15،000ރ. ލިބިފައިވަނީ އަހިމަދު ނާޒިމް އަށެވެ. އަދި ތިންވަނަ ނަސީބުވެރިޔަކަށް ހޮވުނު އަހުމަދު ޝިޔާމް އަށް 10،000 ރ. ލިބިފައިވެ އެވެ. މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރ އެއްވެސް ވާޏީ ލިބިފަ އެވެ.

ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަ) އެއްވެސް ލިބިގެންދިޔަ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 82 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަކަށް ދިރާގު ޓީވީގެ ހިދުމަތް ފޯރިކޮށްދީ ފައެވެ.

ދިރާގުން އަބަދު ވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާ ވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާ އާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށެވެ.