ދިރާގު

ދިރާގު އިންޓަނެޓް ގުޅައިދިނުން ހިލޭ ލިބޭ ޕްރޮމޯޝަނެއް

Jul 6, 2022

ދިރާގު ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް ގުޅައިދިނުން ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ކަވަރޭޖުދޭ އެއް ކުންފުނި ކަމަށްވާ ދިރާގުން މިހާރު ފަށާފައިވާ ފައިބް ބްރޯޑް ބޭންޑް އިންޓަނެޓުގެ މި ޕްރޮމޯޝަންގައި މިމަހުގެ ނިޔަލަށް ބައިވެރިވާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދޭނެ އެވެ. އަދި އިންޓަނެޓު ގުޅައިދިނުމުގެ އިތުރުން ދިރާގު ޖޮއިބޮކްސްއެއް ވެސް ހިލޭ ލިބިގެންދާނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ހިމަނާފައިވެ އެވެ. އެގޮތުން މި ޕްރޮމޯޝަނަލް އޮފާގެ ދަށުން ދިރާގު ފައިބަ ބްރޯޑްބޭންޑަށް ކުރިމަތިލާ ހުރިހާ ކަސްޓަމަރުންނަށް 50 ޕަސެންޓް ޑިސްކައުންޓް އަދި
އޯއެންޓީ (ރައުޓާ) އިން ޑިސްކައުންޓް ލިބޭނެ އެވެ. އަދި ދިރާގުޓީވީ އަށް އެދި ހުށަހަޅާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ވަޔަލެސް ކީބޯޑެއް ވެސް ލިބޭނެ އެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް ޓީވީގެ ޗެނަލްތަކުގެ މަހުފީގެ ގޮތުގައި ދައްކަން ޖެހޭނީ 350ރ. އެވެ.

ދިރާގުން ބުނީ މި ފުރުސަތަކީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓުދޭ ކުންފުނީގެ ހިދުމަތް ފަށަން ރަނުގެ ފުރުސަތެއް ކަމަށެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތުން ކަސްޓަމަރުންނަށް ބޮޑެތި ތަފާތު ގިނަ ޕެކޭޖު ތަކުން އިހްތިޔާރު ކުރަން ފުރުސަތު ފަހިވެ އެވެ.

އެ ކުންފުނިން ބުނީ ދިރާގު ޓީވީގެ ޗެނަލްތަކަކީ ހުރިހާ އުމުރުފުރާއަކަށްވެސް ހާއްސަ ޗެނަލްތަކެއް ކަމަށެވެ. މި ޗެނަލްތަކުގައި ދުނިޔެގެ މަޝްހޫރު ޑިޒްނީ ބޫކެޓް އޮފް ޗެނަލްސް އާއި ސޮނީ ސްޕޯޓްސް ޗެނަލްސް އަދި ޑިސްކަވަރީ ޗެނަލްސްގެ އިތުރުން ސްޓާ ޗެނަލްސް ފަދަ ގިނަ ޗެނަލްތަކެއްވެސް ހިމެނެ އެވެ. މިހާރު މި ހިދުމަތް ރާއްޖޭގެ ގޭބިސީގެ 84 ޕަސެންޓުން ބޭނުން ކުރެ އެވެ.