ދިރާގު

ދިރާގު ސަޅި ޕްރިޕެއިޑް: ހަފުތާއަކަށް 32 ޖީބީ، 145ރ.

Jun 11, 2022
2

ދިރާގު މޮބައިލް ނެޓްވޯކުގައި ޕްރޮޕެއިޑް ކަސްޓަމަރުން ވަރަށް ގިނަ އެވެ. އެހެންވެ އެ ކުންފުނިން މިވަނީ ކަސްޓަމަރުންނަށް ހާއްސަކޮށް އޮފާއެއް ފަށާފަ އެވެ. މި އޮފާގެ ދަށުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ހަފުތާއަކަށް 32 ޖީބީ އެންމެ 145ރ. އަށް ލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ނެޓްވޯކް ކަމަށްވާ ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޕްރިޕެއިޑު ވީކްލީ ޕްލޭން އެކްޓިވޭޓު ކުރުމުން ހަފްތާ ބަންދުގައި ހާއްސަ އިނާޔަތްތަކެއް ލިބޭނެ އެވެ. އެގޮތުން ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށާއި ދިރާގު ޕްރީޕެއިޑް ކޮމްބޯ ބޭނުންކުރާ ކަސްޓަމަރުން ތިން ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ އެވެ. އަދި މިވަރުން ނިމުނީއެއް ނޫނެވެ.

އެ ކުންފުނިން ވަނީ މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާ ބޭނުން ކުރަން ހާއްސަކޮށް ދެ ޖީބީ ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. އެހެންވެ މި ޖީބީ ބޭނުންކޮށްގެން ފޭސްބުކާއި އިންސްޓަގްރާމް އަދި ޓުވިޓާގެ އިތުރުން ސްނެޕްޗެޓު ބޭނުން ކުރެވޭނެ އެވެ.

މި އޮފާގެ ދަށުން "ސަޅި ވީކްލީ ޕްލޭން" އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑުކޮށް ގުޅާލެވޭނެ އެވެ.