ހަބަރު

ފިތުރު ޒަކާތް ބެހުން މާދަމާ

Jun 12, 2018

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ލިބުނު ފައިސާ އާއި ގޮވާމުގެ ބާވަތްތައް މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީން ބުނީ ޒަކާތް ބެހުން ކުރިއަށްދާނީ އަރަބިއްޔާ ސްކޫލް ހޯލުގައި ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ތަކެތި މާދަމާ ބަހަން ފަށާއިރު، ޒަކާތުގެ ގޮތުގައި މި އަހަރު ލިބުނު ޖުމްލަ މިންވަރު އިސްލާމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

އަރަބިއްޔާ ސްކޫލްގައި މާދަމާ ފިތުރު ޒަކާތް ބަހަން ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އައީ ހެނދުނު ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 12:35 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށެވެ.