ޒަކާތް

މާލެއިން 20،863 މީހުން ޒަކާތް ދައްކައިފި

މި ރޯދަ މަހު މިހާތަނަށް މާލޭ ސިޓީން 20،863 މީހުން ފިތުރު ޒަކާތް ދައްކައިފި އެވެ.

މާލޭ ސިޓީން ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 899،031ރ. ދައްކާފައިވާއިރު އޭގައި ހިމެނެނީ އޮންލައިންކޮށް ޒަކާތް ދައްކާފައިވާ 17،858 މީހުނާއި މިނިސްޓްރީން ގާއިމް ކޮށްފައިވާ ކައުންޓަރަށް ޒަކާތް ދައްކާފައިވާ 3005 މީހުން ޒަކާތަށް ދެއްކި ފައިސާ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި ލިބިފައި ވަނީ 1،942201ރ އެވެ.

ފިތުރު ޒަކާތަކީ ރޯދަ މަސް ނިމުމުގެ ކުރީން އަދާ ކުރުން އަދާ ކުރަންޖެހޭ ވާޖިބު އަޅު ކަމެކެވެ.