ޒަކާތް

ޒަކާތް ދައްކަން ޖެހޭ މިންވަރު އާންމުކޮށްފި

Apr 24, 2020
1

ޒަކާތް ދައްކަން ޖެހޭ މިންވަރު އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ދައްކަންޖެހޭ މިންވަރު އާންމު ކުރި އިރު އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، އާދައިގެ ފުށް އަދި އާޓާ ފުށް ބޭނުން ކުރާ މީހުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ހިމަނާފަ އެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގު

  • އާދައިގެ ހަނޑޫ - 15 ރުފިޔާ
  • ތައިލެންޑު ހަނޑޫ - 48 ރުފިޔާ
  • ބާސްމަތީ ހަނޑޫ - 105 ރުފިޔާ
  • ރަތް ހަނޑޫ - 65 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • އާޓާ ފުށް - 55 ރުފިޔާ

މި ދުވަސްވަރު މާލެ ލޮކްޑައުން ކޮށްފައިވާތީ ފައިސާ ދެއްކޭނީ އޮންލައިން މެދުވެރިކޮށެވެ. އެގޮތުން ދިރާގާ އުރީދޫ އަދި ބޭންކް އޮފް މޯލްޑިވްސްއާ އިސްލާމިކް ބޭންކު މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު އޮތް ހާލަތު ރަނގަޅު ހާލަތަކަށް ބަދަލުވެއްޖެނަމަ އިސްލާމިކް މިނިސްޓްރީން ވެސް ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި ގޮވާމުން ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްްސާނެ ކަމަށެވެ.