އީދު ފާހަގަ ކުރުން

އީދު ދުވަހަކީ ބުރާސްފަތި، އީދު މުބާރަކު

އަންނަ ބުރާސްފަތި ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއަށްފަހު އެ މިނިސްޓްރީން ނެރުނު ހަނދާބެހޭ ބަޔާނުގައި ބުނެފައިވަނީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ ބުރާސްފަތި ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށެވެ.

ހަނދާބެހޭ ބަޔާނުގައި ބުނެފައިވަނީ ރަމަޟާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް، އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް، 1441 ވަނަ އަަހަރުގެ ޝައްވާލުމަހުުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އަދި މިއަދު އިރުއޮއްސުމަށް ފަހުގައި، ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި، ދިވެހިރާއްޖެއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މޭމަހުގެ 12 ވާ ބުދަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާ މޭ މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.