ސިއްހަތު

ހަށިގަނޑު ރީތި ކޮށްލެވިދާނެ ފަސް ކަމެއް އެބައޮތް!

May 26, 2015
2

އަބަދުވެސް ކެއުމާއި ފާޑުފާޑުގެ ބުއިންތައް ނުބޮއެ ވޭތޯ ބަލާ ކަމަށް އެންމެން ވެސް ބުނެ އެވެ. ނަމަވެސް، ކިތަންމެ މަސައްކަތެއް ކުރިޔަސް ރެސްޓޯރެންޓެއް، ނޫނީ ކެފޭއަކަށް ވަނުމުން މީރުވަހުގެ ރޯޅި ޖެހުން، ނުނީ ކާންތިބޭ މީހުންގެ ސްޕެގެޓީ ތަށި ފެނުމުން ކުޅުދިޔައިވެ ނުކައި ދޫކޮށްލެވޭ ގޮތެއް ނުވެ އެވެ. އެހެންނޫން ހެއްޔެވެ؟

އެހިސާބުން މެނޫން ފެންނަ އެންމެ ރަހަ މީރުހެން ހީވާ ޑިޝް އަކަށް އޯޑަރު ކުރެވެނީ އެވެ. އޭގައި އެކުލެވޭ ފެޓްސް އާއި ކެލޮރީސްއާ މެދު ވިސްނައެއް ނުލެވެ އެވެ. ކާއެއްޗެހި ގެނައުމުންވާ އުފާ ކައި ނިންމާލުމަށް ފަހު ވެސް ވެވޭނެ ނަމަ ރަނގަޅެވެ.  އެހެން ނަމަވެސް ކައި ނިމުމުން ވަރަށް ކަން ބޮޑުވެވެ އެވެ. އަނެއްކާވެސް އަލުން ފަށަނީ އެވެ. ދެތިން ދުވަސް ވަންދެން އެއްވެސް އެއްޗެއް ނުކާން އަޒުމު ކަނޑައަޅަނީ އެވެ. މިއީ އާދަ އެވެ. އެކަމަކު މިއީ ސިއްހީ ގޮތުން ރަނގަޅު ގޮތެއް ނޫނެވެ. 

ހަށިގަނޑު ރީތިކޮށްލުމަށް ކުރިން ނުކުރެވޭ އެތައް ކަމެއް މިހާރު ފަސޭހައިން ކުރެވެން އެބަހުއްޓެވެ. މާބޮޑު ތަކުލީފަކާއި ނުލައި "ބޭނުން އެއްޗެއް" ކާލައިގެން ހަށިގަނޑު ލޫޅާފަތިކޮށް ރީތިކޮށް ބެހެއްޓޭނެ ބައިވަރު ގޮތްތައް ވެސް އެބަހުއްޓެވެ.