ބޮލީވުޑް

"ސްޓޫޑެންޓް އޮފް ދި އިޔާ 2"ގައި ކުރީ ފިލްމުގެ ތަރިންގެ ލަވައެއް

"ސުޓެޑެންޓް އޮފް ދި އިޔާ" ގެ ފުރަތަމަ ފިލްމަކީ މިހާރުގެ މަގުބޫލު ތަރިންކަމަށްވާ އާލިއާ ބަޓްއާއި ވަރުން ދާވަން އަދި ސިދާތް މަންހޯލްތްރާ ބޮލީވުޑަށް ތައާރުފުވި ފިލްމެވެ. އެ ފިލްމުން އެ ތިން މީހުނަށްވެސް ގިނަ ބައެއްގެ ލޯބި ލިބިގެންދިޔަ އެވެ.

މިހާރު ފިލްމުގެ ދެ ވަނަ ބައެއް މަސައްކަތް ފަށާފައިވާއިރު، ދެ ވަނަ ބައިން ފެނިގެންދަނީ މުޅިން އާ ތަރިންތަކެކެވެ. އެގޮތުން މި ފިލްމުގައި ލީޑުން ފެނިގެންދާނީ ޓައިގާ ޝޮރްފް އާއި އަނަންޔާ ޕާންޑޭ އަދި ތާރާ ސުތާރިއާ އެވެ.

ދެ ވަނަ ފިލްމުގެ މަސައްކަތް ފަށާފައިވާއިރު މިހާރު މި ފިލްމުގެ ކްލައިމެކްސް ފިޔަވާ އެހެން ހުރިޙާ މަންޒަރުތަކެއް ވަނީ ނަގާ ނިމިފަ އެވެ. ލޮކޭޝަނެއް ފައިނަލްކުރުމަށްފަހު ކްލައިމެކްޝް ޝޫޓުކުރުމަށް ހަމަޖެހިފައި ވަނީ މި ފެށުނު ޖުލައި މަހު އެވެ.

"ސްޓޫޑެންޓް އޮފް ދި އިޔާ" ފުރަތަމަ ފިލްމުގެ ލަވައެއް.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މި ފިލްމުގެ އެންމެފަހުގެ ޝޫޓިންތައް ކުރިއަށްދާއިރު، ފުރަތަމަ ފިލްމުން ފެނިގެންދިޔަ އާލިއާ އާއި ވަރުން އަދި ސިދާތްގެ ލަވައެއް މި ފިލްމުގައި ހިމެނުމަށް ޝޫޓުކުރަން ވަނީ ނިންމާފަ އެވެ. މި ލަވަ ހިމަނަން ގަސްތުކުރަނީ ފިލްމުގެ އޯޕެނިން ކްރެޑިޓްސްގައި ކަމަށްވެސްވެ އެވެ.

"ސްޓޫޑެންޓް އޮފް ދި އިޔާ 2" ޑައިރެކްޓުކުރަނީ ޕުނީތް މަލްހޯތްރާ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހު 23 ގަ އެވެ.