ހަބަރު

ދިވެއްސަކު ތިލަފުށީ ފަޅު ތެރޭ މަރުވެފައި އޮއްވާ ފެނިއްޖެ

ކ. ތިލަފުށީ ފަޅު ތެރޭގެ ތޮށިގަނޑު ކައިރީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިލަފުށީ ފަޅު ތެރޭގައި މީހަކު އޮއްވާ ފެނިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 5:04 ގައި ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މިހގެ އިތުރު ތަފްސީލެއް އަދި ސާފު ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފަޅު ތެރެއިން ފެނުނީ އެމްޓީސީސީ ޓަގް ބޯޓެއްގެ ކައްކާއެއްގެ ވަޒީފާ އަދާ ކުރާ ހދ. ކުޅުދުއްފުށީ ޔެލޯ ލައިޓްގެ އަހުމަދު މުހައްމަދު އެވެ. އަދި އެމްޓީސީސީ ތިލަފުށީ ސައިޓްގެ ތޮށިގަނޑު ކައިރީ އޭނާ މޫދުގައި އޭނާ އޮއްވާ ފެނިގެން އައިޖީއެމްއެޗްއަށް ގޮސް ބެލި އިރު އޭނާ މަރުވެފައި އޮތް ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އެ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެ އެވެ.