ދުނިޔެ

ފުޅާ ދާއިރާއެއްގައި ވަގު ޑިގްރީ ވިއްކި ޕާކިސްތާނު ކުންފުންޏެއް އަތުލައިގެންފި

May 29, 2015

ފުޅާ ދާއިރާއެއްގައި އޮންލައިންކޮށް ވަގު ޑިގްރީ ވިއްކަމުން ދިޔަ ޕާކިސްތާނުގެ ބޮޑު ސޮފްޓްވެއާ ކުންފުންޏެއް އަތުލައިގަނެ، އެ ކުންފުނީގެ އިސް ވެރިން ހައްޔަރުކޮށްފި އެވެ.

"ޝުއައިބާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމާއި ވަގު އެއްޗެހި ހެދުމާއި މަނީ ލޯންޑްރިން އަދި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނުތަކާ ހިލާފުވި ކަމުގެ ތުހުމަތުގައި ދައުވާކުރެވޭ ވަރަށް ހެކި އެބަހުރި،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވި އެވެ.

ޝުއައިބާއި އަތީކުގެ މައްޗަށް މާދަމާ ރަސްމީކޮށް ދައުވާ އުފުލާނެ ކަމަށްވެ އެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން، ޝުއައިބު އެކަނި ކުޑަ އޮފީހެއް ކުއްޔަށް ނަގައިގެން އުފެއްދި އެގްޒެކްޓް އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ކުންފުނީގެ ވެބްސައިޓުގައި އަންގާރަ ދުވަހު ޝާއިއުކުރި ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނިން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވިޔަފާރި ހިންގަނީ ސައްހަ ގޮތުގައި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ، ދުނިޔޭގެ 120 ގައުމެއްގައި ވިޔަފާރި ހިންގާ ޕާކިސްތާނުގެ ސޮފްޓްވެއާ ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ވަގު ޑިގްރީ ވިއްކަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން މި މަހުގެ 18 ވަނަ ދުވަހު ބުނުމާ ގުޅިގެންނެވެ. އެ ނޫހުން ބުނި ގޮތުގައި، އެ ވަގު ވިޔަފާރިކޮށްގެން އެތައް މިލިއަން ޑޮލަރެއްގެ ފައިދާ އެ ކުންފުނިން ހޯދާފައިވެ އެވެ.