ހަބަރު

ޑަބަލް ޓެކްސް ނެގުން ހުއްޓުވަން ސިންގަޕޫރާއެކު މަޝްވަރާ ފަށައިފި

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ކުރާ ވިޔަފާރި މުއާމަލާތްތަކުން އެއް އާމްދަނީ އަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނައުމަށް ދެ ގައުމުގެ ދެމެދުގައި އެކުލަވައިލާ އެއްބަސްވުމާ ގުޅޭ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ދިވެހި ސަރުކާރުގެ އިސް ނެގުމަކަށް ދެ ގައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ މަޝްވަރާތައް ފަށަފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. މި މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރީ މީރާ އެވެ. ވަފުދުގެ ވެރިއަކަށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ހަސަން ޒަރީރެވެ. ސިންގަޕޫރުގެ ވަފްދުގެ ވެރިއަކަށް ހުންނެވީ އެ ގައުމުގެ ޓެކްސް އިދާރާގެ ކޮމިޝަނާ ޗިއާ ޓާން ހުއޭ މިންއެވެ.

ޑަބަލް ޓެކްސް އެވޮއިޑެންސްއާ ބެހޭ އެއްބަސްވުމެއް ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އެކުލަވާލުމުން ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް އަންނާނެ އެވެ. އަދި ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެއެވެ.