އެމެރިކާގެ ޓީވީ ސީރީޒްތަކާއި ޓީވީ ޝޯތަކަށް ދެމުން އަންނަ އެންމެ ފަހުރުވެރި އެވޯޑު، އެމީ އެވޯޑްސްގެ މި އަހަރުގެ އެވޯޑަށް ނޮމިނޭޓުވި ފަރާތްތަކުގެ ނަންތައް ހާމަކޮށްފި އެވެ.
ނޮމިނޭޝަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެޗްބީއޯގެ މަގުބޫލު ސީރީޒް "ގޭމް އޮފް ތުރޯންސް" އެވެ. މި ސީރީޒަށް ވަނީ 22 ނޮމިނޭޝަން ލިބިފަ އެވެ. މި ސީރީޒަށްފަހު އެންމެ ގިނަ ނޮމިނޭޝަންތައް ލިބިފައި ވަނީ އެމެރިކަން ޓޯކް ޝޯ "ސަޓަޑޭ ނައިޓް ލައިވް" އާއި އެޗްބީއޯގެ ސީރީޒް "ވެސްޓް ވޯލްޑް" އަށެވެ.
މިދިޔަ އަހަރު އެންމެ ގިނަ އެވޯޑުތައް ގެންދިޔަ އަދި އެންމެ މޮޅު ޑްރާމާ ސީރީޒްއަށް ހޮވުނު ހުލޫގެ ސީރީޒް "ދި ހޭންޑްމެއިޑްސް ޓޭލް" އަށް މި އަހަރު 15 ނޮމިނޭޝަންސް ލިބުނެވެ. މިދިޔަ އަހަރު ފަސް އެވޯޑެއް އެ ސީރީޒް ކާމިޔާބުކުރިއިރު 14 ނޮމިނޭޝަންސް ލިބުނެވެ.
ޓީވީ ނެޓުވޯކުތަކަށް ބަލާނަމަ ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި އުޅެނީ ނެޓްފްލިކްސް އެވެ. މީގެ ކުރިން، 17 އަހަރުވަންދެން މި މަގާމު ދިފާއު ކޮށްފައި އޮތް އެޗްބީއޯ މިފަހަރު އޮތީ ލިސްޓުގެ ދެ ވަނާގަ އެވެ. ނެޓްފްލިކްސްއަށް ވަނީ 112 ނޮމިނޭޝަން ލިބިފަ އެވެ. އެޗްބީއޯއަށް ލިބުނީ 108 ނޮމިނޭޝަންސް އެވެ.
އެމީ އެވޯޑްސް ދެމުން އަންނަނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ޕްރައިމްޓައިމް އެމީ އެވޯޑްސް އާއި ޕްރައިމްޓައިމް ކްރިއޭޓީވް އާޓްސް އެމީ އެވޯޑްސް އަދި ޕްރައިމްޓައިމް އިންޖީނިއަރިން އެމީ އެވޯޑްސް އެވެ.
އެމީ އެވޯޑްސް ދެނީ އޮސްކާ އެވޯޑްސް ދެމުން އަންނަ އެކެޑެމީ އޮފް ޓެލެވިޜަން އެންޑް އާޓްސްގެ ފަރާތުންނެވެ. މިއީ މި އެވޯޑު ދޭނެ 70 ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑު ހަފްލާ ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ލޮސް އެންޖެލަސްގެ މައިކްރޯސޮފްޓް ތިއޭޓަރުގަ އެވެ. އެވޯޑު ހަފްލާ ހޮސްޓުކުރާނީ ކޯލިން ޖޮސްޓް އަދި މައިކަލް ޗީ އެވެ.
ފާހަގަކޮށްލެވޭ ނޮމިނޭޝަންސްތައް
އެންމެ މޮޅު ޑްރާމާ ސީރީޒް
ގޭމް އޮފް ތުރޯންސް
ދި ހޭންޑްމެއިޑްސް ޓޭލް
ދިސް އިޒް އަސް
ވެސްޓްވޯލްޑް
ދި އެމެރިކަންސް
ދި ކްރައުން
ސްޓްރޭންޖާ ތިންގްސް
އެންމެ މޮޅު ޑްރާމާ އެކްޓްރެސް
އެލިސަބެތު މޮސް - ދަ ހޭންޑްމެއިޑްސް ޓޭލް
ކެރީ ރަސުލް - ދި އެމެރިކަންސް
އީވަން ރޭޗަލް ވުޑް - ވެސްޓް ވޯލްޑް
ސެންޑްރާ އޯ - ކިލިންގް އީވް
ކްލެއާ ފޯއި - ދި ކްރައުން
ޓަޓިއާނާ މޭސްލިނީ - އޯފަން ބްލެކް
އެންމެ މޮޅު ޑްރާމާ އެކްޓަރު
ސްޓާލިން ކޭ ބްރައުން - ދިސް އިޒް އަސް
ޖޭސަން ބެޓްމަން - އޮޒާކް
އެޑް ހެރިސް - ވެސްޓް ވޯލްޑް
މެތިއު ރީސް - ދި އެމެރިކަން
ޖެފެރީ ރައިޓް - ވެސްޓްވޯލްޑް
މައިލޯ ވެންޓިމިގްލާ - ދިސް އިޒް އަސް
އެންމެ މޮޅު ވެރައިޓީ ޓޯކް ސީރީޒް
ފުލް ފްރޮންޓަލް ވިތް ސެމެންތާ ބީ
ޖިމީ ކިމެލް ލައިވް
ލާސްޓް ވީކް ޓުނައިޓް ވިތް ޖޯން އޮލިވާ
ދި ޑެއިލީ ޝޯ ވިތް ޓްރިވޯ ނޯއާ
ދި ލޭޓް ލޭޓް ޝޯ ވިތް ޖޭމްސް ކޯޑެން
ދި ލޭޓް ލޭޓް ޝޯ ވިތް ސްޓީފެން ކޯލްބާޓް
އެންމެ މޮޅު ޑްރާމާ ސީރީޒް ޑައިރެކްޝަން
ގޭމް އޮފް ތުރޯންސް (ބިޔޯންޑް ދި ވޯލް)
ގޭމް އޮފް ތްރޯންސް (ދި ޑްރެގަން އެންޑް ދަ ވޮލްފު)
އޮޒާކް (ދި ޓޯލް)
އޮޒާކް (ޓުނައިޓް ވީ އިމްޕްރޮވައިސް)
ސްޓްރޭންޖާ ތިންގްސް (ޗެޕްޓާ ނައިން: ދި ގޭޓް)
ދި ކްރައުން (ޕެޓާފެމިލީސް)
ދި ހޭންޑްމެއިޑްސް ޓޭލް (އާފްޓާ)