ފިނިޕޭޖް

އިންޑިއަން އައިޑަލް؛ ޝަންމުކާޕްރިޔާ އަށް ވީ ވައުދު ވިޖޭ ފުއްދައިފި

ސައުތު އިންޑިއާގެ ބަތަލު ވިޖޭ އާއި ޝަންމުކާ
0%
0%
0%

އެންމެ ފަހުން ނިމުނު އިންޑިއަން އައިޑަލް 12 އިގެ ފައިނަލިސްޓެއް ކަމަށްވާ ޝަންމުކާޕްރިޔާއަށް ޝޯ ކާމިޔާބު ނުކުރެވުނަސް ޝޯ ބެލި ވަރަށް ގިނަ މީހުންގެ ހިތް އަތުލުމުގައި އޭނާ ވަނީ ކާމިޔާބު ހޯދާފަ އެވެ.

ޝަންމުކާގެ ފޭނުންގެ ތެރޭގައި ސައުތު އިންޑިއާގެ ސުޕަސްޓާރެއް ކަމަށްވާ ވިޖޭ ދެވަރްކޮންޑާ ހިމެނެ އެވެ. އެކްޓަރެއްގެ އިތުރުން ވިޖޭ އަކީ ޓެލުގޫ ބަހުން ލަވަކިޔާ މަޝްހޫރު ލަވަކިޔުންތެރިއެއް ވެސް މެއެވެ. ވިޖޭއަށް ޝަންމުކާ ލަވަކިޔާލެއް ރީތި ކަމުން އިންޑިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ އެޕިސޯޑުގައި ދެއްކި ވީޑިއޯއެއްގައި ވިޖޭ ވަނީ އޭނާގެ ފިލްމަކަށް ލަވަ ކިއުމުގެ ފުރުސަތު ޝަންމުކާއަށް ދޭން ވައުދުވެފަ އެވެ.

އިންޑިއަން އައިޑަލް 12 ނިމުނުތާ މާ ގިނަ ދުވަސްތަކެއް ނުވަތަ ވިޖޭ ވަނީ އޭނާވީ ވައުދު ފުއްދައި ޝަންމުކާއަށް ބޮލީވުޑް ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ހޯދައިދީފަ އެވެ. އެއީ ވިޖޭ ބަތަލުގެ ބައި ކުޅޭ ބޮލީވުޑް ފުރަތަމަ ފިލްމު "ލައިގާ" އެވެ.

ފިލްމަކަށް ލަވަކިއުމުގެ ފުރުސަތު ދިނުމުގެ އިތުރުން ޝަންމުކާ އާ ވަރަށް އަވަހަށް ބައްދަލު ކުރާނެ ކަމަށް ވެސް ވިޖޭ އެ ވީޑިއޯގައި ބުނެފައި ވެއެވެ. އަދި އެ ވައުދު ފުއްދުމުގެ ގޮތުން ވިޖޭގެ އަމިއްލަ ގެއަށް ޝަންމުކާ އާއި އޭނާގެ މަންމައަށް ދައުވަތު ދީގެން ގެންގޮސް އެމީހުންނާ ބައްދަލުކުރާ މަންޒަރުގެ ވީޑިއޯއެއް ދާދި ފަހުން ދަރްމާ ޕްރޮޑަކްޝަންސް އިން ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

ޝަންމުކާ އަށް ކިޔަން ދިން ލަވައާ ގުޅޭ ގޮތުން ވެސް ވިޖޭ ވަނީ ޝަންމުކާ އާ މަޝްވަރާ ކޮށްފަ އެވެ. ޝަންމުކާ ކައިރި ވިޖޭ ބުނީ އެ ލަވަ އަކީ ޝަންމުކާގެ އަޑާއި ލަވަ ކިޔާ ސްޓައިލާ ވަރަށް ގުޅޭ ކޮމްޕޮޒިޝަން އެއް ކަމަށެވެ. ޝަންމުކާ މި ލަވަ ރެކޯޑް ކުރަން ލަވަ ކިޔާ ތަން ވެސް މި ވީޑިއޯގައި ފެނެ އެވެ.

ޝަންމުކާ ލަވަކިޔައިދޭ "ލައިގާ" ގައި ވިޖޭ އާއެކު ބަތަލާއެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އަނަންޔާ ޕާންޑޭ އެވެ. އިންޑިޔާގައި އެންމެ ގިނަ ބަޔަކު ވާހަކަ ދައްކާ ހަތަރު ބަހަކުން ތައްޔާރުކުރާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އާއި އިތުރު އެތައް ބަޔަކު އެކުވެގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345