ހަބަރު

ރިޔާޒު ޖަލުގައި 150 ދުވަސް، އިލްތިމާސްގެ މައްސަލަ ކުރިއަކަށް ނުދޭ: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީޕާޓީގެ ކުރީގެ ނައިބްު ލީޑަރު އަބުދުﷲ ރިޔާޒަށް އިއްވާފައިވާ ޖަލު ހުކުމުގެ 3 ބައިކުޅަ 2 ބައި ތަންފީޒުކޮށް ނިމިފައިވާއިރު، ސުޕުރީމްކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަަލަ އެ ކޯޓުގައި ކުރިޔަށް ނުދާތީ ރިޔާޒުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ އަބުދުﷲ ރިޔާޒު ޖަލު ބަންދުގައި ހުންނަވާތާ 150 ދުވަސް ވުމާއި ގުޅިގެން ރިޔާޒުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ދަށު ކޯޓާއި، ހައިކޯޓުން ރިޔާޒުގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތާއިމެދު، ގާނޫނީ ސުވާލުތަކެއް އުފައްދާފައެވެ.

އެގޮތުން، ސިޔާސީ ހަރަކާތެއްގެ ތެރެއިން މިއަހަރުގެ މާރޗުމަހުގެ 2 ވަނަ ދުވަހު ރިޔާޒު ފުުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ތުހުމަތު ކުރެވޭ މައްސަލައެއް އެންގުމަކާއިނުލާ 12 ދުވަހު ޖަލުގައި ގެންގުޅެފައިވާކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން ތުހުމަތުތަކެއް އިއްވި ކަމަށާއި، އެހެން ނަމަވެެސް އެއިން އެއްވެސް ތުހުމަތަަކާއި ގުޅިގެން މިއަދާހަަމަޔަށްވެސް އެއްވެސް ދައުވާއެއް އުުފުލާފައިނުވާތީ ރިޔާޒު ހައްޔަރުކުރީ ގާނޫނީ އެއްވެސް ބިނާއެއް ނެތި ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ކޯޓަށް ހުށަހަޅާފައިވާ މުޅިން އެހެން ދައުވާއަކާއި ގުޅިގެން ކުއްލި ގޮތަކަށް ރިޔާޒު މާރޗު މަހުގެ 18 ވީ ދުވަހު ކޯޓަށް ހާޒިރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އެމައްސަަލައަކީ، ރިޔާޒު ބަންދުގައި ނުބަހައްޓަން ކުރިން ނިންމާފައިވާ މައްސަަލައެއް ކަމަށާއި، އެ މައްސަލަ ބެއްލެވީ ކުރިން ބެއްލެވި ފަނޑިޔާރުނޫން ކަމަށާއި، އަދި އެމައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ވަކީލަކާ ނުލާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އޭގެ ފަހުން 4 މަަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، އިތުރު އަޑުއެހުމެއް ބާއްވާފައިނުވާކަމަށާއި، ހަމަ އެކަނި ރިޔާޒު ބަންދުކުރުމަށް އެ ޝަރީއަތް ކުރިޔަށް ގެންދިއުމަކީ ޖަވާބު ނުލިބޭ އެތައް ސުވާލެއް އުފެދިފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާ، މައްސަލައަކާއި ގުޅިގެން، ރިޔާޒު 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކުރުމަކީ ހައިރާންކަން ގެނުވި ކަމެއް ކަމަށް ވަކީލުން ވަނީ އެ ބަޔާނުގައި ބުނެފައެވެ. ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ އިޖުރާއީ އެންމެ ނުކުތާއެއް ކަމަށާއި، އެ މައްސަަލައިގައި މައުޟޫއީ ގޮތެއްގައި ދައުލަތުން ކޯޓުގައި ވާހަކަދައްކާފައިނުވާ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ރިޔާޒުގެ ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރިޔާޒު ޖަލަށްލުމަށް ހައިކޯޓުން ނިންމި ނިންމުމުގެ ނަތީއްޖާއަކީ، ދަށުކޯޓުން މައްސަލަ ބެއްލެވުމުގައި، ފުލުހުންގެ އިޖުރާތާމެދު، ގޮތެއް ކަނޑައެޅުމަކީ ދަށުކޯޓުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ކަނޑައެޅުން ކަމަށެެވެ.

މީގެ އިތުރުން، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޮރަޕްޝަނާއި، އަނިޔާވެރިކަމަށް ނޫނެކޭ ބުނެ، ހިތްވަރާއި އަޒުމް ވަރުގަދަ ކުރުމަށް، ރިޔާޒު އިލްތިމާސްކުރައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.