ވިޔަފާރި

ފަސޭހަ މަދަދު ދޭ ސްކީމުން 74 މިލިއަން ރުފިޔާ ދޫކުރަން ފަށަނީ

Aug 5, 2018
2

"ފަސޭހަ މަދަދު" ދޭ ސްކީމުން 74 މިލިއަން ރުފިޔާ ދޫކުރަން ފަށަން، ސްކީމެއް ލޯންޗް ކޮށްފި އެވެ.

ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަސޭހަ މަދަދު ސްކީމް ލޯންޗް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި ސްކީމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއާ ގުޅުންހުރި މޫދު ކުޅިވަރު ފަދަ ވަސީލަތްތައް ތަރައްގީ ވެގެންދާނެ ކަމަށެވެ.

"މިއީ މިހާރު ދިވެހިންނަށް ހާއްސަ ދާއިރާތައް. މިހާރު ކޮންސްޓްރަކްޝަން ސިނާއަތު ވެސް ވަނީ ފުޅާވެފައި އެހެންވެ މި ސްކީމުން މި ބައިތަކަށް ވެސް ދޫކުރާނެ،" ސައީދު ވިދާޅުވި އެވެ.

"ފަސޭހަ މަދަދު" ގެ ނަމުގައި ފުރަތަމަ ފައިސާ ދޫކުރީ 2016 ވަނަ އަހަރު އެވެ. މި ފަހަރު ދެވަނަ ބުރުގައި މި ސްކީމް ތައާރަފު ކުރުމާއެކު މި ސްކީމުގައި ހަ ދާއިރާއަކުން ފައިސާ ދޫކުރާނެ އެވެ. އެ ދާއިރާތަކުގެ ތެރޭގައި ގަރާޖު މަރާމާތު ކުރުމާއި އިންޖީނު މަރާމާތު ކުރުން އަދ އިމާރާތް ކުރުމަށް ބޭނުންވާ ސަޕޯޓް ސާވިސަސް އާދި ވަޑާން ކުރުން އަދި ވޯޓާ ސްޕޯޓްސް އާއި މޫދު ކުޅިވަރުގެ ވަސީލަތް ގާއިމް ކުރުން ވެސް ހިމެނެ އެވެ.