މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ޕޭޕަލް ގެންނަން ހުރި ދަތިތައް ހައްލުކުރަން މަޝްވަރާކޮށްފި

ފައިސާގެ މުއާމަލާތް ކުރުމަށް ދުނިޔޭގައި މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް"ގެ އެކްސެސް ރާއްޖެއަށް ހޯދުމަށް އެ ކުންފުނީގެ އިސްވެރިންނާ އެކު އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު މަޝްވަރާކުރައްވައިފި އެވެ.

ސައީދު މީގެކުރިން އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައިވެސް ވަނީ ޕޭޕަލް ރާއްޖެއަށް ގެނައުމަށްޓަކައި އެމެރިކާގެ ކަމާ ގުޅޭ ބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވާފަ އެވެ.

މިބައްދަލުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޕޭޕަލް ގެ އެކްސެސް ރާއްޖެއަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމުގެ މަޝްވަރާ ކުރެވުނު ކަމަށެވެ.

ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެވަޑައިގެންފައިވާ ވައުދެކެވެ.

ރާއްޖޭގައި ޕޭޕަލް މެދުވެރިކޮށް މިވަގުތު ފައިސާ ފޮނުވޭ ގޮތް ހަމަޖެހިފައިވީ ނަމަވެސް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނުވެ އެވެ.