ހަބަރު

އެސިސްޓެންޓް ޕީޖީ ފަޒްނާ އިސްތިއުފާ ދެއްވައިފި

އެސިސްޓެންޑް ޕްރޮސިކިއުޓާ ޖެނަރަލް، އޭޕީޖީ އައިޝަތު ފަޒްނާ މިއަދު އިސްތިއުނާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން އަވަސްއަށް ކަށަވަރުކޮށް ދެއްވަމުން ފަޒްނާ ވިދާޅުވީ، އިސްތިއުނާ ދެއްވީ އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށެވެ. އޭގެ ތަފްސީލެއް ފަޒުނާ ނުދެއްވަ އެވެ.

ޕީޖީ އޮފީހުގައި އެންމެ ސީނިއާ އެއް ވަކީލް ކަމަށްވާ ފަޒްނާއަކީ މިހާރު ވެސް ބޮޑެތި ޝަރީއަތްތަކެއްގައި ދައުލަތް ތަމްސީލް ކުރައްވާ ވަކީލެވެ. އެގޮތުން އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ އަޑުއެހުންތަކަށް ވެސް ޕީޖީގެ ފަރާތުން ވަޑައިގަންނަވަނީ ފަޒްނާ އެވެ.

އޭގެ ކުރިން ވެސް ސިޔާސީ ބޭފުޅުންގެ ޝަރީއަތްތަކުގައި ފަޒްނާ ވަކާލާތު ކުރައްވާފަ އެވެ.