ހަބަރު

ބުރުނީގެ ނަރުދަމާ ރައީސް އިފްތިތާހުކޮށްދެއްވައިފި

Aug 14, 2018
3

ތ އަތޮޅު ބުރުނީ ނަރުދަމާގެ ނިމުން ފާހަގަކޮށް، ނަރުދަމާގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.

ރައީސް ތ ބުރުންޏަށް ވަޑައިގަންނަވާފައިވަނީ މިއަދު ހެނދުނު އެވެ.

އާބާދީގައި 700 އެއްހައި މީހުން ދިރިއުޅޭ ބުރުނީގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވަނީ 2015 ވަނަ އަހަރުގެ މެދު ތެރޭގަ އެވެ. އެ މަސައްކަތް ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މި މަސައްކަތަށް 32.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ.

ބުރުނީގެ ނަރުދަމާ ގާއިމްކޮށް 172 ގެއަކަށް ހިދުމަތް ދިނުމުގެ ގޮތުން ދެ ޕަމްޕު ބަހައްޓައި 4762 މީޓަރުގެ ނަރުދަމާ ވިއުގައެއް އެރަށުގައި ވަނީ ގާއިމްކޮށްފަ އެވެ.

ރައީސް މިއަދު ބުރުނީ އަށް ވަޑައިގެންފައިވަނީ ތ އަތޮޅަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން އިއްޔެ ވެސް ތިން ރަށަކަށް ވަޑައިގެންނެވި އެވެ. ބުރުންޏަށްފަހު މިއަދު ވަޑައިގަންނަވާނީ އެ އަތޮޅު މަޑިފުއްޓާއި ވިލުފުއްޓަށެވެ.