ސިއްހަތު

ސައުދީ ރެސްޓޯރެންޓުތަކުގެ ކާނާގައި ކެލޮރީސް ހުންނާނެ އަދަދު މެނޫގައި ހިމަނަން އަންގައިފި

ސައުދީގެ ރެސްޓޯރެންޓެއްގައި އާއިލާއެއް ކެއުމަށް އިންސާފުކުރަނީ --
0%
0%
0%

ސައުދި އަރިބިއްޔާގެ ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ލިބެން ހުންނަ ކާނާގެ މެނޫގައި، ވަކި ކޮންމެ ކާނާއެއްގައި ކެލޮރީސް ހުންނާނެ އަދަދު ހިމަނަން އެ ގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަންގައިފި އެވެ. މި އަހަރު ނިމުމުގެ ކުރިން ހުރިހާ ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި މި އުސޫލަށް އަމަލުކުރަންޖެހޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ސައުދީގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް އަދި ކޮންސިއުމާ ޕްރޮޓެކްޝަން އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށް ގެންދަނީ ދެ ސްޓޭޖަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސްޓޭޖުގައި މެނޫގައި ކެލޮރީސްގެ އަދަދު ހިމެނުމަކީ އިހްތިޔާރީ ކަމެކެވެ.

ނަމަވެސް ދެ ވަނަ ސްޓޭޖުގައި މެނޫގައި ކެލޮރީސްގެ އަދަދު ހިމެނުން މަޖުބޫރުކުރާނެ އެވެ. އެކަން ކުރާނީ އަންނަ ޑިސެމްބަރު މަހު 31 ގައި މި އުސޫލު ރަސްމީކޮށް ތަންފީޒުކުރަން ފެށުމާއެކު އެވެ.

މި އުސޫލަށް އަމަލުކުރަން ސައުދީގެ ސަރުކާރުން ނިންމީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ކާ ކެއުމުން ސިއްހަތަށް ކުރަނީ ކޮން އަސަރުތަކެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910