ލައިފްސްޓައިލް

ގުޅިފައިވާ ދެބެން ވަކިކުރުމުގެ ސާޖަރީއެއް ސައޫދީގައި ހަދައިފި

ޔަމަނު ދެބެން ސާޖަރީ ހަދައި ވަރިކޮށްފައި
0%
0%
0%

ޔަމަނުގެ ގުޅިފައިވާ ދެ ފިރިހެންކުދިން ވަކިކުރުމުގެ ކާމިޔާބު ސާޖަރީއެއް ސައޫދީ އަރަބިޔާގެ ރިޔާޒުގައި ބުރާސްފަތި ދުވަހު ހަދައިފި އެވެ.

ސައޫދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަލްމާން އާއި އަބްދުﷲ ނަމަކަށް ކިޔާ މި ދެބެން އުފަންވީއިރު ބަނޑާއި ޅިނދުކަށިގަނޑު ވަނީ ގުޅިފަ އެވެ. ދެބެން ޝެއާ ކުރަނީ އެންމެ ބްލެޑާ އަކާއި ބޮޑު ގޮހޮރެކެވެ. އަދި މި ނޫނަސްވެސް ވަރަށް ގިނަ ގޮތްގޮތުން ދެބެންގެ ބަނޑު ތެރޭން ހުރީ ގުޅިފަ އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިރުޝާދާ އެއްގޮތަށް މި ސާޖަރީ ހަދާފައިވަނީ ރިޔާޒުގައި ހުންނަ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ޗިލްރަންސް ހޮސްޕިޓަލުގަ އެވެ. މި ސާޖަރީ އަށް ފަންޑްކޮށްފައިވަނީ ކިންގް ސަލްމާންގެ ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުންނެވެ.

މި ސާޖަރީ ހެދުމުގައި 35 ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ބައިވެރިވި އެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުން މި ނާޒުކު އެހާމެ ރިސްކް ބޮޑު ސާޖިކަލް ޕްރޮސިޖާ ފުރިހަމަކުރީ ހަ ސްޓޭޖަކަށް ބަހާލައިގެން އަށް ގަޑިއިރު ތެރޭގަ އެވެ.

ސާޖަރީ ހަދައި ދެބެން ވަކިކުރުމަށް އެހީތެރިވެދިނީތީ ޔަމަނު ދެމަފިރިން ވަނީ ސައޫދީގެ ވެރިންނަށް އެމީހުންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފަ އެވެ.

ކިންގް ސަލްމާންގެ ހިއުމެނިޓޭރިއަން އެހީގެ ދަށުން މިހާތަނަށް ގުޅިފައިވާ ކުދިން ވަކިކުރުމުގެ 55 ސާޖަރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިއީ ދުނިޔޭގެ 23 ގައުމެއްގައި ހަދާފައިވާ ސާޖަރީ ތަކެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910