ހަބަރު

މާލޭގެ ދެކުނު ފަރާތު ނެރަށް ލޯންޗެއް އަރައި ފުނޑުފުނޑު ވެއްޖެ!

Aug 18, 2018

އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި އަލަށް ކެނޑި ނެރުން ނިކުންނަން އުޅުނު ލޯންޗެއް ނެރު ތޮށި މަށްޗަށް އަރައި ފުނޑުފުނޑު ވެއްޖެ އެވެ.

ރާޅުތަކުގައި ޖެހި، ލޯންޗު ކޮންޓްރޯލް ނުވުމުގެ ސަބަބުން މިއަދު ހެނދުނު ހިނގި މި ހާދިސާގައި ލޯންޗު މުޅިން ފުނޑުފުނޑުވެ އޭގެ ބައިތައް އޮޔާ ދާތީ އެމްއެންޑީއެފުން ވެސް ވަނީ އެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވުމަށް އަންގާފަ އެވެ. އެ ހާދިސާ ހިނގި އިރު އެ ލޯންޗުގައި 17 ވަރަކަށް މީހުން ތިބި ކަމަށްވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

ނެރަށް އެރުމުގެ ސަބަބުން މިއަދު ހަލާކުވެފައިވަނީ އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗެކެވެ.