ސިއްހަތު

ހައިޕޯތައިރޮއިޑިޒަމްއާ އެކު ދިރިއުޅެން އާދަކުރާނީ ކިހިނެތް؟

Jun 6, 2015

ޑޮކްޓަރަށް ދައްކައިފި ނަމަ އަބަދުވެސް އިރުޝާދު ދޭނީ ތައިރޮޑުން ނުއުފައްދާ ހޯމޯންސް އުފެއްދުމަށް މަގުފަހިކުރަން ތައިރޮކްސިން ފަދަ ބޭހެއްގެ މިވެނި މިންވަރެއް ނެގުމަށެވެ. އެހެންވީމަ ހައިޕޯތައިރޮއިޑިޒަމްއާ އެކު ދިރިއުޅެން ޖެހިފައިވާ ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ވެސް އަރައިގެން އަންނަ އިރާއެކު ބޭސް ނަގަން ޖެހޭ މީހުންނެވެ.

ނަމަވެސް ގަވާއިދުން ވަކި ވައްތަރެއްގެ ބޭހަކަށް ބަރޯސާނުވެ ތައިރޮއިޑް ގްލޭންޑްސްގެ މި މައްސަލަ އަށް ފަސޭހަ ހައްލެއް ހޯދިދާނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. ނަމަވެސް އޭގެ ކުރިން އެންމެ ފުރަތަމަ، ހައިޕޯތައިރޮއިޑިޒަމް އަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

މި ހާލަތުގައި ތައިރޮއިޑުން، އުފައްދަން ޖެހޭ މިންވަރަކަށް ތައިރޮއިޑް ހޯމޯނެއް ނުއުފައްދާނެ އެވެ. ތައިރޮއިޑް ގްލޭންޑުން އުފައްދާ މި ހޯމޯންގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އެއް ހަމައެއްގައި ހިފެހެއްޓުމެވެ.

ނަމަވެސް މި ހޯމޯން ބޭނުންވާ މިންވަރަށް ނުލިބުމުން މެޓަބޮލިޒަމް ހަމައިން ނެއްޓި ފަސޭހައިން ވަރުބަލިވުމާއި ހަނދާންނެތުމާއި ފިންޏަށް ބަލިވުން އަދި ފަލަވުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ. އަދި ކުޑަކުއްޖެއް ނަމަ މައްސަލަ ސީރިއަސްވުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ތަރުކާރީ އަކީ ވަރަށް ވެސް މުހިންމު ބާވަތެއްގެ ކެއުމެކެވެ. ނަމަވެސް ހައިޕޯތައިރޮއިޑިޒަމް ހުންނަ މީހުންނަށް ތަރުކާރީ އެހާ ފައިދާހުރި އެއްޗަކަށް ނުވެ އެވެ. ހާއްސަކޮށް ކެބެޖު ފަދަ ތަރުކާރީ އަށް ސަމާލުވާން ޖެހޭނެ އެވެ.

އެއީ ތައިރޮއިޑް ހޯމޯން އުފެއްދުމަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރާތީ ޢެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނަނީ މި ވައްތަރުގެ ތަރުކާރީ ކައްކައިގެން ކެއުމުން، އެއިން ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދޭ ކަމަށެވެ.

ހިތް އެދި ގޮވާ ހުރިހާ އެއްޗެއް ކައި ނުހަދާށެވެ. ބޯ ބަހައްޓައިގެން ކައި އުޅޭށެވެ. ކާބޯތަކެތި ރަނގަޅަށް ދޮވެ ސާފުކޮށް ވަކި ހަމައެއްގައި ހިފަހައްޓައިގެން ކެއުމަކީ ވެސް ހައިޕޯތައިރޮއިޑިޒަމްގެ މީހުންގެ ދިރިއުޅުން ފަސޭހަކޮށްލަދޭނެ ކަމެކެވެ. ވަރުބަލިވުމުން ސަލާމަތްކޮށް ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ.

ހައިޕޯތައިރޮއިޑިޒަމް އަކީ މީހާ ވަރުބަލިކޮށް ކަންނެތްކޮށްލާ ވައްތަރުގެ މައްސަލައެކެވެ. ކަސްރަތު މުހިންމު ވަނީ މި ސަބަބާ ހެދި އެވެ. ބޭސް ނަގަމުން ރަނގަޅަށް ކަމުން ކުޑަކޮށް ކަސްރަތުކޮށްލުމަކީ ދުވަސް ފައްކާކޮށްލަދޭނެ ކަމެކެވެ. ޑޮކްޓަރުން ބުނަނީ މިގޮތަށް ގަވާއިދުން ކަސްރަތުކޮށް އުޅޭ ނަމަ ތައިރޮއިޑް ގްލޭންޑްގެ ކަންނެތްކަން ވެސް ފޮޅައިލެވިދާނެ ކަމަށެވެ.

މާ ބޮޑަށް ބަރުވުމަކީ އިންސުލިން ރެސިސްޓެންސްގެ މައްސަލަ ދިމާވެދާނެ ކަމެކެވެ. އިންސުލިން ރެސިސްޓެންސް އަކީ ހަށިގަނޑުން އިންސުލިން އުފެއްދި ނަމަވެސް އެތެރެކުރާ ކާބޯތަކެތިން ހަކަތަ އުފެއްދުމަށް އިންސުލިންގެ ބޭނުންނުކުރާ ހާލަތެވެ. މި ހާލަތުގައި ހަކުރު ބަލީގެ މައްސަލަ އާއި ހިތުގެ ބަލީގެ ނުރައްކާ ބޮޑު އެވެ.

މެޓަބޮލިޒަމްގެ މައްސަލަތައް ދިމާވުމުން ހައިޕޯތައިރޮއިޑިޒަމްގެ ބަލި މީހާ ފަލަވުމުގެ ފުރުސަތު ބޮޑުވެ އެވެ. ފަލަވުމަކީ ތައިރޮއިޑް ހޯމޯން އިތުރަށް ބޭނުންވާނެ ކަމެކެވެ.

އެހެންވީމަ އެންމެ ބުއްދިވެރި ގޮތަކީ ހިކެން މަސައްކަތްކުރުމެވެ. ފަލަވުމަކީ ތައިރޮއިޑް ކެންސަރުގެ ނުރައްކާ ވެސް ބޮޑުވާ ކަމެކެވެ.

އަރާމުކުރަން މި އަށް ވުރެ މޮޅު ގޮތެއް ނޯންނާނެ އެވެ. ނިދި މުހިންމު ވަނީ މި ސަބަބާ ހެދި އެވެ. ހަށިގަނޑުގެ ވަރުބަލިކަމާއި ލޮޑުކަން ފިލުވައި ސިކުނޑީ ހަމަޖައްސައި ޓިޝޫތައް ހީލްވުމަށް ފުރުސަތު ލިބިގެން ދަނީ ނިދީގެ ސަބަބުންނެވެ.

ތައިރޮއިޑްގެ މައްސަލަ ބޮޑު މީހުން ގަވާއިދުން ނިދަން ޖެހެނީ، އަދި އަވަހަށް ނިދައި ރަނގަޅު ނިންޖެއް ހޯދަން ޖެހެނީ މީގެ ސަބަބުން ސްޓްރެސް ހޯމޯންސްތަކަށް ލުއެއް ލިބިގެންދާތީ އެވެ. މިއީ ތައިރޮއިޑުން ހޯމޯން އުފެއްދުމުގެ ނިސްބަތް ރަނގަޅުކޮށްދޭ ކަމެކެވެ.