ދުނިޔެ

ތޫފާނު މާރިއާގައި މަރުވި މީހުންގެ ހަގީގީ އަދަދު ޕޯޓަ ރިކޯއިން ހާމަކޮށްފި

Aug 29, 2018
1

އެމެރިކާގައި ސަރަހައްދުގައި ހިމެނޭ ޕޯޓަ ރީކޯގައި 2017 ވަނަ އަހަރު އެރި ތޫފާނުގެ ސަބަބުން މަރުވި މީހުންގެ ހަގީގީ އަދަދު އެ ގައުމުން ހާމަކޮށްފި އެވެ.

މީގެ ކުރިން މަރުވި މީހުންގެ އަދަދަކީ 64 ކަމުގައި ބުނަމުން އައި ނަމަވެސް، އެ އަދަދު 2،975 އަށް އަރާކަމަށް ޕޯޓަ ރީކޯގެ އޮފިޝަލުން މިހާރު ވަނީ ބުނެފަ އެވެ.

މަރުވި މީހުންގެ އަދަދު ފޮރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތާއެކު، ޕޯޓަ ރީކޯ އިން ވަނީ މިނިވަން ތަހުގީގެއް ހިންގާފަ އެވެ. މި ގަރުނު ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ތޫފާނުގައި އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް ޕޯޓަ ރީކޯ އަދިވެސް ވަނީ ނުކުޅެދިފަ އެވެ. އެކަމަށްޓަކައި، 139 ބިލިއަން ޑޮލަރުގެ އެހީއަކަށް އެމެރިކާ ކޮންގްރެސްގައި ވެސް ވަނީ އެދިފަ އެވެ.