ހަބަރު

ގަޑިއެއްހާއިރަށް މުޅި މާލެއިން ކަރަންޓް ކެނޑި އާންމުންނަށް ދަތިވެއްޖެ

Sep 1, 2018
8

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ގަޑިއެއްހާއިރަށް ކަރަންޓް ކެނޑި އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

މުޅި މާލެއިން ކަހަލަ ގޮތަކަށް ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 8:00 އެހާކަންހާއިރު އެވެ. އެ މައްސަލަ ހައްލުކޮށް މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ލިބުނީ މިއަދު ހެނދުނު 9:15 އެހާކަންހާއިރު އެވެ. ސްޓެލްކޯއިން ބުނީ ޓެކްނީޝަނުންގެ މަސައްކަތުން މިހާރު ވަނީ ކަރަންޓް އެއްކޮށް ފޯރުކޮށްދެވިފައި ކަމަށެވެ. އަދި މިފަހަކަށް އައިސް ދިމާވާ ކަރަންޓްގެ މައްސަލަތައް ހައްލު ކުރަން އެކި ޓެންނީޝަނުންގެ މަސައްކަތްތައް ހުއްޓާނުލާ ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފަހަކަށް އައިސް މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ މި ވަނީ އަނެއްކާ ވެސް އާންމުވެފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ވެސް މާލެއިން ދެ ފަހަރަކަށް ކަރަންޓް ކެނޑި އާންމުންނަށް ދަތިތަކާ ކުރިމަތިވި އެވެ. އެކަމާ ހުރެ އާންމުންނަށް ބޮޑެތި ދަތިތަކާ ވަރަށް ބޮޑަށް ކުރިމަތިވި އެވެ.