ވިޔަފާރި

ރާއްޖޭގެ ރާއްޖޭގެ ޓޫރިސްޓު އެނދުގެ ބޮޑުބައި ގެސްޓްހައުސް ތަކުން ނަގަނީ

Sep 1, 2018

ރާއްޖޭގެ ޓޫރިޒަމްގައި ހިދުމަތް ދޭ ބެޑްކެޕޭސިޓީގެ ބޮޑުބައި ގެސްޓްހައުސްތަކުން ނަގަމުންދާ ކަމަށް، ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑު ދިނުމުގެ ހަފުލާގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރޭ ވިދާޅުވީ ގެސްޓްހައުސް ސިނާއަތަކީ ރާއްޖޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އިންޑަސްޓްރީ ކަމަށާ، މިހާރު ގެސްޓްހައުސްތަކުގައި 8،000 ގިނަ އެނދު އެބަހުރި ކަމަށެވެ.

"މިއަދު ބެޑްކެޕޭސިޓީގެ 19 ޕަސެންޓްއަކީ ގެސްޓްހައުސް އެނދު. އަޅުގަނޑުމެންނަށް ލަފާކުރާ ގޮތުން ވަރަށް އަވަހަށް ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 50 ޕަސެންޓް ގެސްޓްހައުސް އިންޑަސްޓްރީއިން ނަގާނެ،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނައިން ގެސްޓްހައުސް ހިންގަނީ މާފުށީގަ އެވެ. ދެން އެންމެ ގިނައިން ގެސްޓްހައުސް ހިންގާ އެރަށަކީ ހުޅުމާލެ އެވެ. މާފުށީގައި މިހާރު 52 ގެސްޓްހައުސް ހިންގަމުންދާއިރު މާފުށީ އެނދުގެ އަދަދު 1200 އަށްވުރެ ވަނީ އިތުރުވެފަ އެވެ. އަދި މިހާރުވެސް އެ ރަށުގައި ފަސް ގެސްޓްހައުސްއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ތަންތަން ނިމުމުން މާފުށީ އެނދުގެ އަދަދު 1600 އަށް އަރާނެ އެވެ.