ލައިފްސްޓައިލް

ކާން ނަގާ ވަގުތު އިތުރުވާ ވަރަކަށް ހިކުން އަވަސް!

Jun 7, 2015

ކެއުމަށް ނަގާ ވަގުތު، ފަލަ މީހުންނަށްވުރެ ހިކިކޮށް ތިބޭ މީހުންގެ ގިނަ އެވެ. ހިކި މީހުން ބައެއް ފަހަރު ކުކުޅެއްގެ އެއްފައި ކާން ވެސް އެފަދަ މީހުން ބައިގަޑި އިރަށްވުރެ ގިނައިރު ނަގަ އެވެ.

ސުވާލަކީ ލަހުން ކައިގެންވަކި ހިކެންވީ ކީއްވެ ހެއްޔެވެ؟ އަވަހަށް ކެޔަސް ހަމަ ކެވެނީ އެކައްޗެއް ނޫން ހެއްޔެވެ؟

އަހަރެމެން އެންމެންނަކީ އާންމު ގޮތެއްގައި ބަނޑުހައިވެފއި ހުންނަލެއް ބޮޑުކަމުން ވީހާވެސް އަވަހަށް ކާއެއްޗެހީގެ ރަހަ އަނގައިގެ ތެރެއަށް ވަދޭތޯ ބަލާބައެކެވެ. އޭގެ ނަތީޖާ އަކީ މާގިނައިން ކެވުނުކަން އެނގުމުގެ ކުރިން އެތައް ކެލޮރީހެއް އެތެރެ ކުރެވުމެވެ. ކާންފަށާތާ 20 މިނެޓް ތެރޭގައި ސިކުނޑިން ބަނޑު ފުރުމުގެ ސިގްނަލްއެއް ހަށިގަނޑަށް ފޮނުވާލައެވެ. މި 20 މިނެޓް ތެރޭގައި ލަހުން ކެވިއްޖެނަމަ ބަނޑުފުރޭއިރު ކެވޭ އެއްޗެއް ގިނައެއް ނުވާނެއެވެ.

ވަރަށް ފަހުން ޖަޕާނުގައި 1700 އަންހެނުންނާއެކު މިރާސާއެއް ހެދި އެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ލަހުން ކެއުމުން ހަށިގަނޑުގެ ތެރެއަށް އެތެރެ ކުރެވޭ ކެލޮރީގެ އަދަދު މަދެވެ. އަދި ބަނޑުހައިނުވެ ގިނައިރު ހިފަހައްޓައިދެ އެވެ. މީގެ އިތުރުން ގޭސް ހެދިފައި ހުންނަ މީހުން ވީހާވެސް ލަސްލަހުން ކާންޖެހޭ ކަން އެނގުނެވެ.

ކެވޭ އެއްޗެއް މަދުކުރުމުން އަހަރެމެންގެ ތެރެއިން ބަނޑުހައިވާ މީހުން ހައިވާލެއް އަވަސްވެއެވެ. އެހެން ކަމަށް ވާނަމަ ދުވާލަކު ތިންގަޑިއިރުން ކެވޭތޯ ބަލާށެވެ. އެހެން ނަމަވެސް ކާކޮންމެ ފަހަރަކު ސްޕެގެޓީ އަދި ކޯކާއި އެއްކޮށް ނޫނީ ހެދިކާ ކަހަލަ ތެލުން ފުރިފައިވާ އެއްޗެއް ކެޔަސް ލުއެއް ނުވާނެެއެވެ. ދޭތެރެ ދޭތެރެއިން މޭވާއެއް ނޫނީ އާދައިގެ ޔޯގަޓެއް އެހެން ނޫނީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ކެއުން ރަނގަޅުވާނެއެވެ.

ގިނަ މީހުން ބޭނުންވާނީ ބަނޑުހައި ވުމުން ހަމައެކަނި ކާންށެވެ. އެއްވެސް ގޮތަކަށް ދިޔާ އެއްޗެއް ބޯކަށް ނުވިސްނަ އެވެ. ފެން ގިނައިން ބުއިމުންވެސް ވަރަށް އަވަހަށް ބަނޑުފުރޭނެ އެވެ. ކާން ފެށުމުގެ ކުރިން ފެން ތަށްޓެއް ނޫނީ ލުނބޯފަނި، ކުރުނބާ، މިއީ ހައްތަހާވެސް ބަރުދަން އިތުރު ނުކޮށް ބުއިމުން ބަނޑުފުރޭނެ އެއްޗިއްސެވެ. އަދި ކެއުމުގެ ތެރޭގައިވެސް ދޭތެރެއިން ފެންބޮވޭތޯ ބަލާށެވެ.

އަނގަޔަށް ކާއެއްޗެއްލުމަށްފަހު އެތެރެއަށް ފޮނުވާލުމުގެ ކުރިން އެއްކޮށް ކުދިކުދި ކޮށްލުމަށްފަހު ނޫނީ އެތެރެ ނުކުރާށެވެ. ކުދިކުރުމަށްވެސް ފަސްވަރަކަށް މިނެޓް ނަގާނެއެވެ. އެނަގާ ވަގުތުކޮޅަކީވެސް އެއްކަލަ ސިގްނަލް ފޮނުވަން ނަގާ ވަގުތަށް މަގުފަހި ކޮށްދޭ ކަމެކެވެ.

މިއީވެސް ލަހުން ކެއުމަށް އެހީވެދޭ ކަމެކެވެ. ކަމެއް ކުރަމުން ކާނަމަ، ކެއުމަކަށް މާބޮޑު ސަމާލު ކަމެއް ނުދެވޭނެއެވެ. ހުސްނުވަނީސް ކުރަން ހުރިކަމެއް ކޮށް ނިމިއްޖެނަމަ ދެން ކާކަށްވެސް ބޭނުމެއް ނުވާނެއެވެ. މަސައްކަތެއް ކުރުމުގެ އިތުރުން ކާގަޑީގައި ފިލްމެއް ބެލުން ނޫނީ ވާހަކަ ފޮތެއް ކިޔަމުން ވެސް ރަނގަޅުވާނެއެވެ.

ކިޔާލާއިރު މާބޮޑު ކަމަކަށް ނުވިނަމަވެސް މިކަން ކުރަން ދަތިވާނެކަން އެނގެއެވެ. ހާއްސަކޮށް ބުރަކޮށް މަސައްކަތުގައި އުޅެލާފަ ގެއަށް އައިސް ބޭނުންވާނީ އަވަހަށް ކައިގެން ނިދާލާށެވެ. އެހެންނަމަވެސް އަމިއްލަ ސިއްހަތާ ދޭތެރޭ އަމިއްލަ މީހާ ނުވިސްނާ ދެން ވިސްނާނީ ކާކު ހެއްޔެވެ؟ ކިތަންމެ ބުރަކޮށް އުޅުނަސް ކެއުމަށް ވަގުތު ހޯދާށެވެ. ލަހުން ކެއުމަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އެހީވެދޭ ކަމެއް ނޫނެވެ. މިއީ ކާވަގުތު ކެވޭ އެއްޗެެއްގެ މީރުކަމާއި، ހިތްހަމަޖެހުން އިތުރަށް ލިބިގެންދާ ކަމެކެވެ.