ޓީވީ ސީރީޒް

ކެވިން ސްޕޭސީގެ ރޯލް މަރާލިގޮތް ޓީޒާއަކުން

"ހައުސް އޮފް ކާޑްސް" ގެ އާ ޓީޒާ.
0%
0%
0%

ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީޒް "ހައުސް އޮފް ކާޑްސް" ގައި އެކްޓަރު ކެވިން ސްޕޭސީ ކުޅުނު ރޯލު، ފްރޭންކް އަންޑަވުޑްގެ ރޯލަށް ނިމުން އައިގޮތް އެ ސީރީޒްގެ އާ ޓީޒާއަކުން ދައްކާލައިފި އެވެ. ޓީޒާއިން ފެންނަގޮތުގައި ފްރޭންކް މިހާރު ވަނީ މަރުވެފަ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާއި ގުޅިގެން ކެވިން ވަނީ މި ސީރީޒްއިން ބޭރުކޮށްފަ އެވެ. ކެވިން ބޭރުކުރުމާއެކު މި ސީރީޒްގައި ލީޑު ރޯލު މިހާރު ކުޅެނީ ކްލެއާ އަންޑަވުޑްގެ ރޯލުން ފެނިގެންދާ ބަތަލާ ރޮބިން ރައިޓް އެވެ.

ބިއު ވިލިއަމް، 2013 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ މި ސީރީޒްގެ ކާމިޔާބު ފަސް ސީޒަނެއް މިހާތަނަށް ދައްކާފައިވެ އެވެ. ކުރިއަށް އޮތް ހަ ވަނަ ސީޒަން ވެގެންދަނީ މި ސީރީޒްގެ އެންމެފަހު ސީޒަނަށެވެ. މި ސީޒަންގައި ހަ އެޕިސޯޑް ހިމެނެ އެވެ. އަންނަ ނޮވެމްބަރު މަހު ދޭއްގައި ފަހު ސީޒަން ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ.

ފަސް ވަނަ ސީޒަން ނިމިގެންދިޔައީ އެމެރިކާގެ ރައީސްކަމުގައި ހުރި ފްރޭންކް އަންޑަވުޑް (ކެވިން) ވެރިކަމުން ފައިބާ ކްލެއާ އަންޑަވުޑް (ރޮބިން) އެމެރިކާގެ ރައީސާކަމާއި ހަވާލުވާ ހިސާބުންނެވެ. ފަހު ސީޒަންގައި ގެނެސްދެނީ އޭގެ ފަހުން ހިނގަމުންދާ ކަންކަމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910