ފެޝަން

ހީނާ އާޓް ކުލާހެއް އީމް ނިޒާމް ބާއްވަނީ

ބަހުރެއިންގެ މަޝްހޫރު ހީނާ އާޓިސްޓް، ހާނި ބަލުޗްގެ ހީނާ އާޓް ދަސްކޮށްދޭ މާސްޓާ ކުލާސްތަކެއް މާލޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ކުލާސްތައް އިންތިޒާމުކުރަނީ މަޝްހޫރު ދިވެހި މޮޑެލް އީމް ނިޒާމްގެ ދައްތަގެ ކުންފުނި އަވެންޓަގާޑޭ މައިންޑްސެޓް އަދި ބަހުރެއިންގެ ދި ހީނާ އާޓް ބިއުޓީ ސެންޓަރު ގުޅިގެންނެވެ.

ހާނި ބަލުޗްއަކީ ބަހުރެއިންގައި ހީނާގެ އާޓިސްޓިކް ދާއިރާއިން މީހުން ތަމްރީނުކުރުމުގައި މަޝްހޫރު ފަރާތެކެވެ. މެދުއިރުމަތީގެ މަޝްހޫރު ނޫހެއް ކަމުގައިވާ ގަލްފު ނިއުސްގެ ހަފްތާ މަޖައްލާގައި ހާނި ބަލުޗް ވަނީ ފީޗާކޮށްފައި އެވެ.

ދެ ދުވަހަކަށް ބަހާލައިގެން، ކޮންމެ ދުވަހަކު ތިން ގަޑިއިރު ކުރިއަށް ގެންދާ މި ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ. މި ކުލާސްތައް އޮންނާނީ އަންނަ މަހު 26 އަދި 27 ގައި އެވެ.

މި ކުލާސްތަކުގައި ބައިވެރިވާ ކުދިންނަށް ސެޓުފިކެޓާއި ތަފާތު ހަދިޔާތައް ދިނުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.