ވިޔަފާރި

އޭސް ހާޑާވްވެއާގައި ޕަވާޓޫލްސް އާއި ހޭންޑްޓޫލްސްގެ ޕްރޮމޯޝަނެއް

Oct 8, 2018

އޭސް ހާޑްވެއާ އަކީ ކޮލިޓީއަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަނެކެވެ. ޙާއްސަކޮށް މި ފިހާރައިގައި ބާއްވާ ތަފާތު ޕޮމޯސަން ތަކުގެ ސަބަބުން ދިވެހިން ގެ ސަމާލުކަން ލިބިފަަ އެވެ. މީގެ އިތުރުން ސޯސަލް މީޑިޔާގައި ވެސް އޭސް ހާޑްވެއާ ވަނީ ދިވެހިންގެ މަގުބޫލު ކަން ހޯދާފަ އެވެ.

މި މަޝްހޫރު ކަމާއެކު، އޭސް ހާޑްވެއާއިން މިމަހު މި ވަނީ "ޕަވާޓޫލްސް އާއި ހޭންޑްޓޫލްސް" އަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށާފަ އެވެ. ހަތް ދިހަ ޕަސެންޓާއި ހަމައަށް ޑިސްކަައުންޓް ލިބޭ މި ޓޫލްސް ތަކަކީ އެމެރިކާގެ އެންމެ ދުވަސްވީ އަދި އެންމެގެ އިތުބާރު ލިބިފައިވާ ބްރޭންޑު ކަމަށްވާ މިލްވައުކީ އާއި އޭސް އަދި ކްރާފްޓްސްމަންގެ އިތުރުން ޖަރުމަނުގެ އެންމެ ނަން މަޝްހޫރު ބްރޭންޑް ކަމަށްވާ އޭއީޖީ ގެ އިތުބާރު ހުރި ޓޫލްސް ތަކެކެވެ.

އޭސް ހާޑްވެއާ އިން ވަނީ މި މަހު އިތުރު ޕްރޮމޯޝަން ތަކެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފަ އެވެ. މިގޮތުން "އޭސް ހާޑްވެއާ" ގެ ފޭސްބުކްގައި ވާ ޕޯސްޓަކަށް ލައިކްކޮށް އަދި ކޮމެންޓް ކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް އޭސް ބްރޭންޑުގެ ކޯޑްލެސް 12 ވޮލްޓުގެ ޑްރިލްއެއް ލިބޭނެ އެވެ. މީގެ އިތުރުން މިމަހުގެ 25 އިން ފެށިގެން 27 ގެ ނިޔަލަށް ބޭގް ސޭލް އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ބޭގް ސޭލް އަކީ އޭސް ހާޑްވެއާ އިން ބާއްވާ އެންމެ މަގުބޫލު ޕްރޮމޯޝަނެވެ. ކޮތަޅަކައް ލެވޭ ކޮންމެ ސާމާނަކުން 20 ޕަސެންޓްގެ ޑިސްކަައުންޓް ލިބޭ މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ސަމާލުކަން އަބަދު ވެސް ލިބެ އެވެ.