ހަބަރު

ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު އައްޑޫއިން މީހަކު ހައްޔަރުކޮށްފި

Oct 17, 2018
4

ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ، ހިތަދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިރޭ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މިއަދުގެ 16:44 ހާއިރު ހިންގި އޮޕަރޭޝަނެއްގަ އެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، ިހިތަދޫގެ އީދިގަލިކިޅި ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑުހަތަރު ރަބަރު ޕެކެޓް ފެނިފައިވެއެވެ. އެތަކެތީގެ ބަރުމިނުގައި އެއްކިލޯ ހުރިކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.