ވިޔަފާރި

އަޔާދީ ތަކާފުލް އަށް އަނެއްކާ ވެސް އައިއެފްއެފްއެސްއޭ އެވޯޑް

Oct 24, 2018

އިސްލާމިކް ފައިނޭންސް ދާއިރާގެ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ "އައިއެފްއެފްއެސްއޭ" އެވޯޑު އަޔާދީ ތަކާފުލް އަށް މި އަހަރު ވެސް ލިބިއްޖެ އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ މެލޭޝިއާގައި ބޭއްވި އިސްލާމިކް ފޯރަމް އޮފް ސައުތް އޭޝިއާގައި އައިއެފްއެފްއެސްއޭ އެވޯޑު އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އަށް މި އަހަރު ވެސް ލިބިފައިވާ ކަމަށެވެ. މި އެވޯޑު މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ލިބިފައިވެ އެވެ.

އައިއެފްއެފްއެސްއޭ އެވޯޑާ އަޔާދީގެ ފަރާތުން ހަވާލުވެވަޑައިގަތީ މެލޭޝިއާގައި ބޭއްވި ދެކުނު އޭޝިއާގެ އިސްލާމިކް ފޯރަމްގައި އަޔާދީ ތަކާފުލްގެ ޖީއެމް އިބްރާހިމް ފިރުޝާން އެވެ.

އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން ދަނީ އިސްލާމިކް ފައިނޭންސްގެ ގިނަ ޕްރޮޑަކްޓްތަކެއް ނެރެމުންނެވެ.