ހަބަރު

ހުއްދަ ނުނަގައި އެތެރެކުރި ސިނގިރޭޓްތަކެއްގެ މައްސަލަ ބަލަނީ

ހުއްދަ ނުހޯދައި ރާއްޖެއަށް އެތެރެކުރި ސިނގިރޭޓްތަކެއްގެ މައްސަލަ ބަލަމުންދާ ކަަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ، ރައިޑާ ބްރޭންޑްގެ ސިނގިރޭޓްތަކެއް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، އެ ބްރޭންޑްގެ ސިނގިރޭޓް ކަސްޓަމްސްގެ ކޮންޓްރޯލެއްގެ ދަށަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން އެބްރޭންޑްގެ ސިނގިރޭޓްގެ ވިޔަފާރީގެ މުއާމަލާތެއް އެއްވެސް ފަރާތަކުން ކުރާނަމަ ލަސްނުކޮށް އެކަން ހިލޭ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަމްބަރަށް ގުޅުމަށްވެސް ބަޔާނުގައި ވެއެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، އެންގުމާއި ހިލާފަށް އެބްރޭންޑްގެ ސިނގިރޭޓް ވިޔަފާރީގެ މުއާމަލާތް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.