އަހުމަދު ނިހާން ހުސައިން މަނިކު

ނިހާން ވިލިމާލެއަށް އަލްވަދާއު، ދެން ވާދަ ނުކުރައްވާނެ!

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތި ނުލައްވާނެ ކަމަށް އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން އެކަން ހާމަ ކުރެއްވީ "އަވަސް"އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުގަ އެވެ. ނިހާން ވިދާޅުވި ގޮތުގައި އެ ނިންމުމަކީ އޭނާ 2014 ވަނަ އަހަރު ނިންމި ނިންމުމެކެވެ. އޭނާ ބޭނުން ވަނީ ދެ ދައުރަށްފަހު ޒުވާނަކަށް ފުރުސަތު ދޭން ކަމަށް ވިދާޅުވި އެވެ.

"ދެހާސް ސާދަވަނަ އަހަރު ކެމްޕެއިނަށް ކުރިމަތިލައިގެން ދިޔައިރު ވެސް ޓީމް ކައިރީގަ އަޅުގަނޑު ބުނެފަ އޮންނާނެ 2019 ވަނަ އަހަރު އަޅުގަނޑު ކުރިމަތިނުލާނަމޭ، ޒުވާން ކުއްޖަކަށް ފުރުސަތު ދިނުމަށް އަޅުގަނޑު ގޮނޑި އެ ކުދިންނަށް ދޭނަމޭ، އެހެންވީމަ އެއީ އަޅުގަނޑަށް ކުރިން ބުނެވިފަ އޮތް އެއްޗެއްކަން އެނގޭނެ އެ ކުދިންނަށް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، އޭނާ އަންނަ އަހަރު ކުރިމަތިނުލާނެކަން އޭނާގެ ޓީމަށް އެނގޭތީ ބައެއް ޒުވާނުން އެކަމަށް ޝައުގުވެރިވެގެން މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އެކަމުގައި މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކުރެއްވި އެވެ. ވިލިމާލޭގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބޭނެ ގޮތްތައް އެބަހުރި ކަމަށް ނިހާން ވިދާޅުވި އެވެ.

ޒުވާން ޖީލަށް ގޮނޑި ދޫކޮށްލުމުގެ ހިތްވަރު ހުރިކަން ދައްކާނަން
އަހުމަދު ނިހާން ހުސެއިން މަނިކު

"ދިހަ އަހަރުގެ ދައުރަކަށްފަހު އަނެއް ޔޫތް ޖެނަރޭޝަނަށް ގޮނޑި ދޫކޮށްލުމުގެ ހިތްވަރު ހުންނަން ޖެހޭނެއޭ، މިއިން ގޮނޑިއަކަށް އަރައިފި މީހަކު މިއީ ފައިބަން އެނގޭ ބައެއް ނޫން، އެ ހެޔޮ ވެރިކަމުގެ ގޮނޑިއަށް އެރުވިޔަސް، އަނެއްކާވެސް އަނެއް ދައުރެއް ހޯދަން ކޮންމެ ވެސް ގޮތަކުން އެކަން ވޭތޯ މި ބަލަނީ،" ނިހާން ވިދާޅުވި އެވެ.

އަހުމަދު ނިހާން ހުސެއިން މަނިކު "އަވަސް ހުކުރު"އަށް އިންޓަވިއު ދެއްވަނީ: ވިލިމާލެ ދާއިރާއަށް ވާދަ ނުކުރައްވާނެ - މުހައްމަދު އަފްރާހު | އަވަސް

ނިހާން ވިދާޅުވި ގޮތުގައި އޭނާ ބޭނުން ވަނީ ޒަމާނުންސުރެ އޮތް އެ ސަގާފަތް ބަދަލުކުރާށެވެ. ޒުވާނަކަށް ގޮނޑި ދޫކޮށްލުމުގެ ހިތްވަރު ދައްކާށެވެ. ޒުވާނުންނަށް ފުރިހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށެވެ.

ނިހާންއަކީ މާލޭ ދާއިރާގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އަތޮޅުތެރެއަށް ނިސްބަތްވާ ހަމައެކަނި ބޭފުޅާ އެވެ. އޭނާ އުފަންވެ އުޅެ ބޮޑުވީ ގދ. ތިނަދޫގަ އެވެ. ނަމަވެސް މިހާރު ނިހާންއަކީ ވިލިމާލޭގެ ރަށްވެހިކަން އޮންނަ ބޭފުޅެކެވެ.

"އަތޮޅު ތެރޭ މީހަކު ފުރަ މާލޭގެ ގޮނޑިއެއް ދެ ދައުރު ކާމިޔާބުކޮށް ހިފެހެއްޓީމަ އަޅުގަނޑަށް އެ މަސައްކަތް ކޮށް ދެވިއްޖެ، އެކަން އަޅުގަނޑު ގަބޫލުކުރާ ހާލު އެ ކުދިންނަށް ފުރުސަތު ދިނުމަށްޓަކައި އަޅުގަނޑު އޭރު ވެސް ވިސްނުން ގެންގުޅުނީ ހަމަ ވިލިމާލޭގެ ޒުވާނަކަށް ފުރުސަތު ދޭން، އަޅުގަނޑަކީ ވެސް ވިލިމާލޭގެ ވޯޓާއެއް މިހާރު، އަޅުގަނޑަށް ތާއިދުކުރާ ބަޔަކު ވެސް ތިބޭނެ، އަޅުގަނޑުގެ ވޯޓު ލިބޭނީ އަޅުގަނޑުމެންގެ ފަޅިން ކުރިމަތިލާ އަންހެން ވިޔަސް ފިރިހެން ވިޔަސް ޒުވާނަކަށް،" ނިހާން ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާއަށް ކުރިމަތި ނުލެއްވި ނަމަވެސް ނިހާން މަޖިލީހުގެ އެހެން ދާއިރާއަކަށް ވާދަ ކުރެއްވާނެ އެވެ. ބޮޑަށް ބެލެވެނީ އޭނާގެ އުފަން ދާއިރާ ކަަމަށްވާ ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތި ލައްވާނެ ކަމަށެވެ. މިފަހުން ތިނަދޫގައި ނިހާން ވަނީ ކެމްޕެއިން ގިނަ ހަރަކާތްތަކެއް ވެސް ހިންގަވާފަ އެވެ. ނަމަވެސް އެ ސުވާލަށް ނިހާން ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ކުރިމަތިލައްވާނެ ދާއިރާއެއް އަދި ނުނިންމަވާ ކަމަށެވެ.

އަހުމަދު ނިހާން ހުސެއިން މަނިކު "އަވަސް ހުކުރު"އަށް އިންޓަވިއު ދެއްވަނީ: ވިލިމާލެ ދާއިރާއަށް ވާދަ ނުކުރައްވާނެ - މުހައްމަދު އަފްރާހު | އަވަސް

"އަޅުގަނޑު 2019 ވަނަ އަހަރު އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިނުމަށް މަސައްކަތް ކުރާނަން، ﷲ އިރާދަކުރެއްވިއްޔާ ކޮންމެވެސް ތާކުން މަސައްކަތްކޮށްގެން އަޅުގަނޑު މަޖިލީހަށް ވަންނާނަން، ވަދެވޭތޯ މަސައްކަތް ކުރާނަން، ވޭތުވެދިޔަ ދެ ދައުރުގައި ވެސް މެންބަރަކު ކުރަންޖެހޭ ސިލްސިލާގެ މުހިންމު މަސައްކަތްތަކެއް ވާނީ ކޮށްފަ، ހޮވި ގޮތުގައި ހޮވި އުސޫލުގަ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިހުރިން،" ނިހާން ވިދާޅުވި އެވެ.

"އަދި މިވަގުތު ޕާޓީ އަލުން އެކުލަވާލާ ނިންމައި މި ފޯކަސް ކުރަނީ ޖެހިފަ ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން، ބޮޑެތި މައްސަލަތަކެއް އެބަހުރި، ރިޔާސީ އިންތިހާބަކުން ބަލިވުމަކީ ކުޑަ ކަމެއް ނޫން، ކުޑަ ނިސްބަތަކުން އޮތް ކަމެއް ވެސް ނޫން، އާންމު މެންބަރުންނަށް ތަސައްލީއެއް ދިނުމަށް މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،"

ނިހާން ވިދާޅުވި ގޮތުގައި ބަލިވުން އެއީ ސިޔާސީ ހަގީގަތެެކެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި އަބަދު މޮޅުވާނެ ކަމަށް ބަަލައިގެން ނުކުތުމަކީ ވަރަށް ބޮޑު ސިޔާސީ މިސްޓޭކެއް ކަމަށާއި ބަލިވެފަ ގަދަވުމުގެ ހިތްވަރު ނެތިއްޔާ ސިޔާސީ ކަންކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ނިހާން ވަނީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވިލިމާލެއިން ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. ނިހާން ވިދާޅުވި ގޮތުގައި ދާއިރާއިން މެޖޯރިޓީ ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާ ވިލިމާލޭގައި ދިރިނޫޅުމެވެ.

އަހުމަދު ނިހާން ހުސެއިން މަނިކު "އަވަސް ހުކުރު"އަށް އިންޓަވިއު ދެއްވަނީ: ވިލިމާލެ ދާއިރާއަށް ވާދަ ނުކުރައްވާނެ - މުހައްމަދު އަފްރާހު | އަވަސް

"ކުރިން އަޅުގަނޑު އެތާ ދިރިއުޅެން، ރައްޔިތުންނާ ދިމާވޭ އެމީހުން އުޅޭ އުޅުމުން އަޅުގަނޑަށް ވާނުވާ އެނގިފަ އޮވޭ، ނަމަވެސް އަޅުގަނޑު އެތަނުން ހިޖުރަކޮށްގެން މާލެ އައީ އެއަށްވުރެ ބޮޑު ގުރުބާނީއެއް އަޅުގަނޑަށް ޕާޓީއަށް ވާން ޖެހިގެން، ޕީޖީ ގުރޫޕްގެ ލީޑަރުގެ މަގާމާ ހަވާލުވެ އުފެދިގެންދާ މައްސަލަތަކަށް އިދާރީ މަސައްކަތް ކުރަން ޖެހޭތީ، އިރުއިރުކޮޅާ ބައްދަލުވުންތަކަށް ދާން ޖެހޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ވިލިމާލެ ކުރިން ވެސް ކާމިޔާބުވެފައެއް ނުވެ އެވެ. ދެހާސް ސާދަވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް ކާމިޔާބުކުރީ އެމްޑީޕީ އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ނިހާން ގޮނޑި ކާމިޔާބު ކުރެއްވީ 60 ޕަސެންޓް ވޯޓާއެކުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއީ ރަނގަޅު ފެންވަރެއްގެ މެޖޯރިޓީއެއް، އެ މެޖޯރިޓީ އަޅުގަނޑުމެންގެ އަތުން ދެން ގެއްލިގެން ދިޔަ ތަން ފެންނާނީ 2017 ވަނަ އަ ހަރު ބޭއްވި ކައުންސިލް އިންތިހާބުގަ، އެފަހަރު 100 އެއްހާ ވޯޓުން ގެއްލުނީ، މިފަހަރު އަޅުގަނޑުމެންނަށް ގެއްލުނީ ބޮޑު ތަނުން، އެހެންވީމަ އަޅުގަނޑަށް ފެންނަން އެބަހުއްޓޭ އެއް ހެއްކަށްވުރެ ގިނަ ހެކިތަކެއް ވިލިމާލެ ދާއިރާ އަޅުގަނޑުމެންނަށް ބަލިވި، އޭގެ ޒިންމާ ފުރިހަމައަށް އުފުލަން ޖެހޭނީ އަޅުގަނޑު، ވިލިމާލެ ދާއިރާ ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭނީ އަޅުގަނޑު އަތުގަ، އަޅުގަނޑު ދަންނަވާކަށް ނެތިން އެއީ މިވެނި ކެމްޕެއިން އޮފީހަކާ
ހަވާލުކޮށްގެން ވީކަމެކޭ، ޒިންމާ ނަގާ މީހާ ނަގަންޖެހޭނީ ކެރި ހުރެގެން، އެއީ ބަލިވިޔަސް މޮޅު ވިޔަސް،" ނިހާން ވިދާޅުވި އެވެ.

31 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރައްޔިތުން

އެހެން ބައެއްގެ މަސައްކަތުން ހެއްދި ގަހެއްގެ ހިޔަލަށް އަރައިހުރެ މުޅި ގައުމު ހަލާކުކޮށްލީ ބޮޑު ވަގެއް ތިޔައީ

މަމެން

ޒުވާނުން އަށް ފުރުސަތުދޭން އެއްވެސް ތާކަށް ކުރިމަތި ނުލާން ވީނުން ތޯ !!!!

ދަވޭ

ޕީޕީއެމްގެ ވެރިކަން ފެއިލް ވުމުގެ އަސްލަކީ މިނިސްޓަރުންނާއި ކުންފުނި ތަކުގެ ބޮޑުންނާއި ޕީޕީއެމްގެ ޕީޖީ ގްރޫޕް އެވެ. މައިގަނޑު މައްސަލަ އަކީ އެއީ ޕީޕީއެމްގެ ޕީޖީ ގްރޫޕް އެވެ. ތިޔާ ދަ ނަހަލާލު ޕެޓިޝަންގައި ސޮއި ކުރި އެމްޕީން ތަކުގެ ތެރޭން 5 އެމްޕީން ހައުސިންގް މިނިސްޓަރު މުއިއްޒު އާއި ބައްދަލު ކޮށްފައި ބުނީ ސަރުކާރުގެ ސިވަރޭޖް އެން ވޯޓަރ ޕްރޮޖެކްޓްސް ތަކުގެ ތެރެއިން ބޮޑު ޕްރޮޖެކްޓެއް ލަންކާ ކުންފުންނަކަށް ދޭން އެއިރުން އެމެންނަށް ކަޓް ޖެއްސޭނީ

ނަބީ

އައީވެސް އެކަންޏެވެ.ދާނީ ވެސް އެކަންޏެވެ.

888

ކޮންހާ ހާސަރުތަކެއް ދަމާކަށް. ކާކު ކަލޯއަށް ވޯޓް ދޭނީ. މައުމޫނުލޯގޯ ޖަހައިގެން ވޯޓް ހޯދުނަސް ކަލޮއަށް ހޯދޭނެ އެކައްޗެއްވެސް ނެތްކަން ކަށަވަރުވާތީ ތިއުޅެނީ. ދެން ދައުލަތުގެ ބަޖެޓް ދަވާލައިގެން ހޯދި މުއްސަނދިކަން ސަރުކާރާ ޙަވާލުކޮށް ޖަލުހެދުން ފަހަން އުޅޭ.

ދޮށީކޮއި ޢަލީގެ މުޙައްމަދު

ސުބުހާނަﷲ އެއްކަލަ ހުޅު ޖަހާފަ މަދުބަޔަކު ކުރިކަމެކޭ ބުނާ ރަށެއްގެ މީހެއްދޯ

ކްލޯސްޑް

ތަމެން އަދުރޭ މެން ދެން ރަނގަޅުވާނީ ތަމެންގެ ސިޔާސީ ހަޔާތް ނިންމާލިއްޔާއޭ މަމެން ޕިންކީންނޭ މިއަންގަނީ ތަމެންނަށް ތަމެންގެ ސިޔާސީ ހަޔާތް ނިންމާލަން މަމެން އެންގީމާ ތަމެން ނިންމާލަންވީއޭ މީގައި އޮވެގެން ނުވާނެއޭ އިތުރު ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެ ނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

ތިބެބަލަ

މަމެންނަށް ދެން ރަނގަޅީ ދަ ރާއްޖެތެރޭ އެކަކު ވެސް މާލެ ސަރަހައްދުގެ ގޮނޑި އަކަށް ކުރިމަތި ނުލިއްޔާއޭ މާލެ ސަރަހައްދުގެ ގޮނޑި އަކަށް ދަ ރާއްޖެތެރޭ އެއްޗަކު ހޮވިއްޖެނަމަ އެމެން މާލެ ސަރަހައްދުގެ ތަރައްގީ އަށް އެއްވެސް ކަމެއް ކޮށް ނުދެއޭ އެމެން ހަމަ ކަންކަން ކޮށްދެނީ އެމެންގެ ރަށަށޭ ދަ ރާއްޖެތެރޭ މީހުން ދަ ރާއްޖެތެރޭ އެމްޕީންނަށް އުޅެބަލަ ތަމެން ނުޖެހެއޭ މާލެ ސަރަހައްދުގެ އެމްޕީން ނަށް ވާން އެއީ ތަމެންނަށް ވުރެން މާ ބޮޑަށް ލެވެލް މަތީ ސީޓް ތަކެކޭ އެ ސީޓް ތަކުގައި ތިބޭ މީހުންގެ ފަރާތުން ރައްޔިތުން ބޭނުންވަނީ ފައިސާ އެއް ނޫނޭ މާލެ ސަރަހައްދުން ބިމޭ އެކަން ނުކުރެވޭނެއޭ ދަ ރާއްޖެތެރޭ މީހުންނަށް ތަމެންގެ ގައިގައި ހުންނާނީ ކޮޕީ ޕޭސްޓް ޔާރާ ދިލްދާރާ އުސޫލޭ ދަ ރާއްޖެތެރޭ މީހުން ނޫންތޭ އެންމެ ބޮޑަށް ހިންދީ ރާގަށް ހަދާފައި ހުންނަ ޔާރާ ދިލްދާރާ ލަވަތައް ކިޔަނީ ވެސް އަދި އަޑު އަހަނީ ވެސް އެއީ ތަމެންގެ ލެވެލް އޭ ތަމެންގެ ލެވެލް ގައި ތަމެން ތިބިއްޔާ މާ ތާހިރުވާނެއޭ..

ދޮށީކޮއި ޢަލީގެ މުޙައްމަދު

ބަލަގަ ތިޔަވިދާޅުވާ ރާއްޖެތެރޭ މީހުން އައިސް މަސައްކަތް ކޮއްފަ ކާންދިނީމަ ކައި އެމީހުން މަސައްކަތް ކޮށްފައި ގެންނަލާރި ކޮޅު ދަމާގަނެގެން ތިބޭ ގޮންމަސްބުރިތަކެއް ކަހަލަ ބައެއް މިފަހަރުވެސް ރައީސް ޔާމީން ދަފްތަރުގަ ޖެހި ގިނަދުވަސް ވެފައި އަމިއްލަބޯހިޔާވަހިކަމެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދޭނަމޭ ބުނެވިގެން މަތިންބައިން ޖެހި ޕީޕީއެމް ވެގަނެގެން ޖަގަހަތަކަށާއި ޕީޕީއެމް އޮފީސް ތެރެއަށް ވަދެގަނެގެން އެތަނުގައި ހުންނަ ޔަގީން ލިސްޓްތައް ވަގަށް ނަގައި ޔަމީނަށް ވޯޓް ދޭނެކަން ޔަގީންވާ ފަރަތް ތަކަށް ރިސްވަތު ގެ ލަރިބަހައި ބައެއްމީހުންގެ ވޯޓްލާން ޖެހޭ ތަން އޮޅުވާލާއި ތެޅި ފޮޅުނީ ތަމެން ބަޑަށް ޖެހިދާނެތީއެއް ނޫތަ މީހަޤީގަތް ކޮންންމެމީހަކު ކޮކާ ފަންޏެއްހެން ތިތިބެނީ ރާއްޖެތެރޭ މީހުން އަތުން ނުހައްގުން ލާރި ކައިކައި

ކުރުދޮށި

ވިލިމާލެއިން ނުހޮވޭނެކަން ޔަގީންވީމަ ދޫކޮއްލީޔޯ ހެހެހެ. ނިހާނޫ މަވެސް ވިލިނގިލީގަ އުޅެނީ މިވޭތުވެދިޔަ ދެއަހަރު ނިހާނު ތަމްސީލިކުރާ ވިލިނގިލިން ނުދެކެން. މުސާރަ ލިބެންޏާ އޯކޭ އެހެންނު؟

ޝެރިން

ވާދަ ކުރިޔަސް ވިލިނގިލި ކީއްކުރަން ގޭގަ އިށީނާނެ ގޮނޑިއެއް ވެސް ދެން ނުލިބޭނެކަން ކަށަވަރު.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910