ކަލާ ބޭންކުން އެކްޒޮނޯބެލްގެ ވަންޑާ އޮޓޮމޯޓިވް ޕެއިންޓް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާގިރި ހޮޓަލުގަ ބޭއްވި ސެމިނާގައި ތައާރަފް ކޮއްފި އެވެ.
ރާއްޖޭގަ ހިންގައި ގަރާޖް ތަކައި ރިސޯޓްތަކަށް ހާއްސަ ކޮށްގެން ބޭއްވި މި ސެމިނާގައި ކަލާބޭންކް ހިންގައި ކޯލޯޑް – މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިސް ވެރިންނައި ވަންޑާ އޮޓޮމޯޓިވް ޕެއިންޓް އުފައްދާ ކުންފުނި، އެކްޒޮނޯބެލްއިން ރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅާފައިވާ ސޭލްސް މަންދޫބެއް ބައިވެރި ވަޑައިގަތެވެ.
މި ސެމިނާގައި ވަންޑާ އޮޓޮމޯޓިވް ޕެއިންޓްގެ ފަސޭހަތަކައި، ކުލައިގެ ހަރަދު ކުޑަކުރާނެ ގޮތްތަކައި، ކުލަ ލުމުގައި ގެންގުޅެން ޖެހޭ އުކުޅުތަކުގެ އިތުރުން ޔަގީންކަމާއެކު ކުލަ ދިމާކުރަން ކަލާ ބޭންކުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކައި ބެހޭ ގޮތުން މައުލޫމާތުދިނެވެ.
ސެމިނާއިގެ ހުރިހައި ބައިވެރިންނަށް ކަލާ ބޭންކުގެ ފިހާރަ ތަކުން އޮޓޮމޯޓިވް ކުލަ ގަތުމަށް ހާއްސަ ޑިސްކައުންޓް ޕެކޭޖެއް ދެވުނެވެ. އަދި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަކަށް އަންނަ އަހަރު އިންޑޮނޭޝިއާގެ ޖަކާޓާގައި އޮންނަ ސިކެންސް އޮޓޮމޯޓިވް ޕެއިންޓް ތަމްރީނުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. މި ތަމްރީނަކީ ކޮންމެ އަހަރަކު ކަލާ ބޭންކުން ކަސްޓަމަރުންނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލާ ތަމްރީނެކެވެ.
ކޯ-ލޯޑްގެ ކަލާ ބޭންކް ހުޅުވީ 1994 ވަނަ އަހަރު އެވެ. މިއަދު ކަލާ ބޭންކް އަކީ ދުނިޔޭގެ ނަން މަޝޫރު ކުލަ ބްރޭންޑް ތަކުގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އޭގެ ތެރެއިން އެއްގަމު އުޅަނދުތަކުގައި ލުމަށް ހާއްސަ އެކްޒޮނޯބެލްގެ ސިކެންސް، މަތިންދާ ބޯޓްތަކަށް އެކްޒޮނޯބެލްގެ އެއިރޯސްޕޭސް ކޯޓިން، ކަނޑު އުޅަނދު ތަކަށް ޖޯޓުން މެރީން، އަދި ގޭތެރެއަށައި އިމާރާތް ތަކުގައި ލުމަށް ހާއްސަ ޖޯޓުން ޑެކެރޭޓިވް ޕެއިންޓްސް އަދި ކްރައުން ޕެއިންޓްސް ފާހަގަކޮށްލެވެ އެވެ.