ހަބަރު

ނަޝީދާއި ގާސިމް ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައްދަލުކުރައްވައިފި އެވެ.

ނަޝީދާއި ގާސިމް ބައްދަލުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އެދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ރައީސް ނަޝީދުގެ ގެކޮޅު، ކެނެރީގޭގަ އެވެ. ނަމަވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވަނީ ކޮންކަމަކާ ގުޅޭގޮތުން ސާފެއް
ނުވެ އެވެ.

ރައީސް ނަޝީދު ގާސިމާއި ބައްދަލުކުރައްވާފައިވާއިރު، އިއްޔެ ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާވެސް ބައްދަަލުކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސް ނަޝީދު އިދިކޮޅު ދެ ލީޑަރުންނާއި ބައްދަލުކުރައްވާފައިވާއިރު، މިހާރު ބައްދަލުނުކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ މެލޭޝީއާގަ އެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ގާތްގަނޑަކަށް ތިން އަހަރަށްފަހު އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެމަނިކުފާނާއެކު އިބޫވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.