ދުނިޔެ

ޓްރަމްޕާ ހިޔާލު ތަފާތުވެ ބާންޑާރަ ނައިބު މަގާމުން ދުރުކޮށްފި

Nov 8, 2018

ވޮޝިންގްޓަން (ނޮވެމްބަރު 7) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހިޔާލުތަފާތުވެ ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި އެ ގައުމުގެ ބަންޑާރަ ނައިބު ޖެފް ސެޝަންސް އެންމެ ފަހުން މަގާމުން ވަކިކޮށްފި އެވެ.

ރައީސް ކަމަށް ޓްރަމްޕް ހޮވިވަޑައިގެންނެވި އިންތިހަބަށް ރަޝިޔާއިން ނުފޫޒް ފޯރުވި މައްސަލައިގެ ތަހުގީގުން ތަނާޒަލް ވާން ނިންމެވުމާއެކު، ސެޝަންސަށް ޓްރަމްޕްގެ ފާޑިކިޔުން ވަނީ އަމާޒުވެފައި އެވެ.

ސެޝަންސްއަކީ ޓްރަމްޕުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅަކަށް ވުމާއެކު، މަސްލަހަތު ފުށުއަރައިފާނެތީ، އެ ތަހުގީގުން އޭނާ ވަނީ އެއް ފަރާތްވެ، އެ މައްސަލަތައް ބެލުން އޭނާގެ ނައިބަކާ ހަވާލުކުރައްވައިފަ އެވެ.

އިސްތިއުފާގެ ސިޓީގައި އަލަބާމާގެ ކުރީގެ ސެނެޓަރު ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވަނީ އަމިއްލައަށް ބޭނުންވެގެން ނޫން ކަމަށާއި، ރައީސްގެ އެދިވަޑައިގަތުމަށް ކަމަށެވެ.

"އެޓާނީ ޖެނެރަލްގެ މަގާމުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގައި ވާނީ ގާނޫނު ނެގެހެއްޓުމުގެ ޒިންމާ އަދާކޮށްފައި،" އިސްތިއުފާ ސިޓީގައި ސެޝަންސް ވިދާޅުވެފައިވެ އެވެ.