ހަބަރު

ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލައިފި

Dec 3, 2018
2

ޕެޑުން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ ޕެޑުން ޖީއެސްޓީ ކަނޑާލަން ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. ޖީއެސްޓީ ކަނޑާލުމުގެ އިތުރުން ފިހާރަތަކުން އެތަކެތި ވިއްކާ އަގު ކޮންޓްރޯލު ކުރެވޭނެ ގޮތެއް ވެސް ކަނޑައަޅަން ޖެހޭ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ޕެޑުން ޓެކްސް ކަނޑާލުމަަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.