ހަބަރު

ގެތަކަށް ފެން ވަންނަމުންދާތީ ވެލިބަސްތާ ޖަހަން ފަށައފި

މާލެއަށް ބޯކޮށް ވާރެވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން އެ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ހެނދުން ފެށިގެން މާލޭއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، މެޓް އޮފީހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ވަރަށް ބޮޑަށް ފެންހެދި ގޭގެއަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުން ވަމުންދާތީ ފުލުހުންނާއެކު އާއްމު ރައްޔިތުންވެސް ނިކުމެ، އެ ސަރަހަައްދުތަކުގައި ވެލިބަސްތާ ޖެހުމުގައި ބައިވެރިވަމުން އެބަ ދެ އެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ މާލޭގެ ސަރަހައްދުތަކުން ފެން ހިދުމުގެ މަސައްކަަތް ކުރަމުން ނެވެ.

މިއަދު ހެނދުނުން ފަށައިގެން މާލެއަށް ބޯކޮށް ވާރެ ވެހި ގިނަ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، އެންމެ ބޮޑަށް
ފެންބޮޑުވެފައިވަނީ މާފަންނުގަ އެވެ. އެންމެ ގިނަ މީހުން ބޭނުން ކުރާ އަމީނީ މަގަމާއި މަދީޖީ މަގުގެ ހުރިހާ ސަރަހައްދެއްގައި ފެން ބޮޑުވެފައިވެ އެވެ. މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.