ހަބަރު

ސިފައިންގެ ޗީފް ޝިޔާމް މަގާމުން ވަކިކޮށްފި

Dec 11, 2018
3

ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހިމް މުހައްމަދު ސޯލިހު އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މިއަދު އެ މަގާމުން ވަކިކުރައްވައިފި އެވެ.

ޝިޔާމްގެ އިތުރުން، ރައީސް ސޯލިހު މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ވަކިކުރައްވައިފަ އެވެ. ރައީސް އޮފީހުން ބުނީ، ޗީފް އޮފް ޑިފެންސްގެ މަގާމުން ޝިޔާމް ވަކިކުރެއްވީ، ސިފައިންގެ ޤާނޫނު ގެ 11 ވަނަ މާއްދާގެ، 'ނ' އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބޭ ބާރުގެ ދަށުން އެވެ. ވައިސް ޗީފްގެ މަގާމުން ޝާހިދު ވަކި ކުރެއްވީ ވެސް، ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ހ އިން ރައީސްއަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް އެ މަގާމުން ވަކިނުކޮށް ގިނަ ދުވަސްވީ މައްސަލައިގައި އެކި ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.