ހަބަރު

އދ. ގެ އެސިސްޓެންޓް ޖެނެރަލް ސެކެރެޓަރީއާ ޔާމީން ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް އދ. ގެ އެސިސްޓެންޓް ޖެނެރަލް ސެކެރެޓަރީ މިރޮސްލޭވް ޖެންކާއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ޔާމީނާއި މިރޮސްލޭވް ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރުފަހު ޕީޕީއެމްގެ އޮފީހުގައި އެވެ. އެބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

އެ ބައްދަލުވުމުގައި އދ. ގެ އިތުރު ބޭފުޅުންނާއި ޕީޕީއެމްގެ ބައެއް އިސް ފަރާތްތައް ބައިވެރިވެވަޑައިގެންފައި ވެއެވެ.