ހޮލީވުޑް

ނެޓްފްލިކްސްގައި "ބާޑް ބޮކްސް" ރެކޯޑު ބްރޭކް ކުރަނީ!

ޑިސެމްބަރު 21 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރި ފިލްމު "ބާޑް ބޮކްސް" ނެޓްފްލިކްސްގައި ރެކޯޑް ހަދައިފި އެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި ފިލްމު ރިލީޒް ކުރިތާ ހަފުތާއެއް ތެރޭ 45 މިލިއަން އެކައުންޓުން އެ ފިލްމު ބަލާފައި އެވެ.

"ބާޑް ބޮކްސް" ބަލާފައިވަނީ 45 މިލިއަން އެކައުންޓުން ކަމުގައިވިޔަސް، ފިލްމުގެ އަސްލު ވިއުސް މާ ގިނަ ވާނެ ކަމަށް ނެޓްފްލިކްސް އިން ބުނެ އެވެ. ނެޓްފްލިކްސް އަކީ އެމީހުންގެ ފިލްމުތައް ބަލާފައިވާ މީހުންގެ އަދަދު އާއްމުކޮށް ހާމަކުރާ ބައެއް ނޫނެވެ.

ނަމަވެސް މި ފިލްމަށް ހަފުތާ އެއްތެރޭ ލިބުނު ތަރުހީބުން، އެކަން ޓްވިޓާ މެދުވެރިކޮށް މިފަހަރު ހިއްސާ ކޮށްލީ އެވެ.

ނެޓްފްލިކްސްގެ ޓްވިޓް

މި ފިލްމަކީ ހޮލީވުޑްގެ އޭ ލިސްޓް ތަރި ސެންޑްރާ ބުލޮކް ލީޑުން ފެނިގެންދާ ބިރުވެރި ފިލްމެކެވެ. އޭނާ އާއި ކުޑަ ދެ ކުދިންނަށް ދިމާވާ ހާދިސާއަކުން ސަލާމަތްވުމަށް ކޯރެއް ހުރަސް ކުރަން އުޅޭ އުނދަގޫ މަންޒަރުތައް މި ފިލްމުގައި ފެންނާނެ އެވެ. ފިލްމުގެ ސްޓޯރީއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެއް ބަޔަކު ބުނަނީ މި ފިލްމަކީ ހަމަ ޖެހޭ ފިލްމެއް ވެެސް ނޫން ކަމަށެވެ.

ފިލްމުގެ ލީޑުން ފެންނަ ސެންޑްރާއަށް ދިމާވާ ހާދިސާތަކާއި ފިލްމު ނިމޭ އިރު، ޖަވާބު ނުލިބި ހުރި ކަންކަމުން މިއީ ބޭކާރު ދެ ގަޑި އިރު ކަމަށް ބައެއް ބެލުންތެރިން ދަނީ ކޮމެންޓު ކުރަމުންނެވެ. އަދި ފިލްމު ނިމުނު އިރުވެސް ބެލުންތެރިން އެންމެ ދެކެން ބޭނުންވި މުހިއްމު ކެރެކްޓާތައް ނުފެންނާތީ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަކީ ގާތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ފިލްމުގެ ސްޓޯރީ ލައިންއަށް ފާޑު ކިޔަސް، ލީޑް އެކްޓަރުގެ ހުނަރަށް އެއްވަނަ ދެ އެވެ.

ބާޑް ބޮކްސްގެ ޓްރެއިލާ

އެމީ އެވޯޑްސް ހޯދާފައިވާ ޑައިރެކްޓަރު ސުސާން ބިއާގެ "ބާޑް ބޮކްސް" އަކީ މިދުވަސްކޮޅު ސޯޝަލް މީޑިއާގައި ވެސް އެންމެ ގިނައިން ދެކެވޭ ވާހަކަ އެވެ. މިއީ ލަވަކިޔުންތެރިޔާ ޖޯޝް މެލާމެން 2014 ވަނަ އަހަރު ހަމަ އެ ނަމުގައި ނެރުނު ފޮތެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.