ފިނިޕޭޖް

އުފާވެރި "ގޭމް އޮފް ތްރޯންސް" އަހަރަކަށް މަރުހަބާ!

މިދިޔަ އަހަރަށް މެދުކަނޑާލުމަށްފަހު، އެމެރިކާގެ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ އާ ސީޒަނެއް މި އަހަރު އޭޕްރީލްގައި ރިލީޒް ކުރަން ނިންމުމަކީ ޝޯގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. އަދި މިހިސާބުން މި އަހަރު ވެސް ކަމުދިޔައީ އެވެ.

އެޗްބީއޯ އިން ދައްކަމުން އަންނަ މި ޝޯއަކީ ޖޯޖް އާރް މާޓިންގެ "ސޯންގް އޮފް އައިސް އެންޑް ފަޔާ" ގެ މައްޗަށް ހަދާ ދުނިޔޭގެ 10 ގައުމެއްގައި ޝޫޓް ކޮށްފައިވާ ސީރީޒެކެވެ.

ފެންޓަސީ މި ސީރީޒްގައި ދައްކުވައިދެނީ ފިކްޝަނަލް ބައްރެއް ކަމުގައިވާ ވެސްޓަރޯސްގެ ވެރިކަން ކުރަން ތަހުތުގައި ތިބޭނީ ވެސްޓަރޯސްގެ ބާރުގަދަ ޝާހީ އާއިލާތަކުގެ ތެރެއިން ކޮން ބައެއްތޯ ކަނޑައަޅަން އެމީހުންގެ ތެރޭގައި ހިނގާ ކޯޅުންގަނޑެކެވެ.

ސީރީޒްގެ ދަވަނަ ޕްލޮޓެއް ގޮތުގައިވަނީ ކުރިން ވެރިކަން ކޮށްފައިވާ ޓާގޭރިއަން އާއިލާގެ އަންހެނެއް ކަމަށްވާ ޑެނޭރީސް ޓާގޭރިއަން އަލުން ވެސްޓޮރޯސް ވެރިކަން ކުރަން ދިމާކޮށް، ޑްރެގަންތަކުގެ ބިޔަ ބޮޑު ލަޝްކަރަކައިގެން ހަތް ކަނޑު ހުރަސްކޮށް ކުރާ ދަތުރެވެ.

ތިންވަނަ ޕްލޮޓެއްގެ ގޮތުގައި މި ސީރީޒްގައި ގެނެސްދީފައި ވަނީ މުޅި ވެސްޓަރޯސްގެ ހިމަޔާތާއި ރައްކަލަކަށް ހަދާފައިވާ ބޮޑު ފާރުގެ އަނެއް ފަރާތުގައިވާ ނުރައްކާތަކާއި، އާދަޔާހިލާފު ބައެއްގެ ފަރާތުން ސަލާމަތް ކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން އޮންނަ ޖަމާއަތް، "ނައިޓްސް ވޯޗް" ގެ ވާހަކައެވެ. އިތުރަށް އާދަޔާހިލާފަށް ދިގު ފިނި މޫސުމެއް އައުމުގެ ސަބަބުން މުޅި ވެސްޓަރޯސް އަށްވާނެ ގޮތެވެ.

މި ސީރީޒް ގެ ކޮންމެ ސީޒަނެއްގެ އެޕިސޯޑެއް ނިމޭއިރު ގައިން ހީބިހި ނަގައިގެންދާ ފަދަ އާދަޔާ ހިލާފު ކަންކަން ކެރެކްޓާސްތަކަށް ކުރިމަތި ވެއެވެ.

ފޭނުންގެ ހިތް ދަމައިގެންފައިވާ ކެރެކްޓާސް ކަމުގައިވާ ޖޯން ސްނޯ، އާއި އާޔާ ސްޓާކް އާއި ޓިރިއަން ލެނިސްޓާ އާއި، ޑެނޭރިސް ޓާގޭރި އަށް ދެންވާނީ ކިހިނެއް ކަމާމެދު ގޮތެއް ނޭނގި ފޭނުން އިންތިޒާރު ކުރަމުން އަންނައިރު، މި ދިޔަ އަހަރަށް މެދު ކަނޑާލައި މިއަހަރު ދައްކަން އުޅޭ ޝޯގެ އަށްވަނަ ސީޒަނަކީ މި ޝޯގެ އެންމެފަހު ސީޒަން ކަމަށް ވުމުން ފޭނުން ތިބީ އިތުރަށް ކެތްމަދުވެފަ އެވެ. މި ފަހަރުގެ ސީޒަނުގައި ހިމެނެނީހަ އެޕިސޯޑެވެ.

ގޭމް އޮފް ތްރޯންސް އިން ވަނީ ރެކޯޑް ނަމްބަރެއްގެ ބެލުންތެރިން އެޗްބީއޯ އަށް ހޯދައިދީ ވަރަށް ފުޅާ އެކްޓިވް ބައިނަލްއަގުވާމީ ފޭން ބޭސްއެއް ގާއިމު ކޮށްފަ އެވެ. އަދި ޝޯގެ އެކްޓިން އާއި، ކެރެކްޓަރުންގެ ވާހަކަތަކުގެ ފުން ކަމުންނާއި ޕްރޮޑަކްޝަންގެ ގަދަ ކަމުން ވަރަށް ބޮޑު ތަރުހީބެއް ޝޯއަށް ވަނީ ލިބިފަ އެވެ.

މި ސީރީޒްއަށް ވަނީ 47 އެމީ އެވޯޑާއި އައުޓް ސޭޓޭންޑިންގ ޑްރާމާ އެވޯޑް ތިން އަހަރު ލިބި އެހެން އެވޯޑުތަކަކަށް ނޮމިނޭޓް ވެސް ވެފައެވެ.