ދުނިޔެ

އެމެރިކާ: އެއްވެސް ހަރަކާތެއް ނުކުރެވޭ ބަލި އަންހެނެއް ވިހޭ މައްސަލަ ހޫނުވެއްޖެ

Jan 9, 2019
1

އެރިޒޯނާ (ޖެނުއަރީ 8) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ހުރި ނާސިންގް ހޯމެއްގައި، ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނުކުރެވޭ ބަލި އަންހެނެއް ވިހޭ މައްސަލައެއް ހޫނުވެއްޖެ އެވެ.

ހަސިއެންޑާ ހެލްތު ކެއާ ސެންޓަރުގެ ބެލުމުގައި ދަށުން އެ އަންހެން މީހާއަށް ފަރުވާދެމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށްވެ އެވެ.

އެ މައްސަލާގައި ޖިންސީ ގޯނާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު، އެ ކުންފުނީގެ ސީއީއޯ މިހާރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެ ސެންޓަރުގެ އޮފިޝަލަކު މީޑިއާތަކަށް ބުނި ގޮތުގައި، އެ އަންހެންމީހާ ބަލިވެއިން ކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.

"އެމީހާ ކުއްލިއަކަށް އަޑުތަކެއް ލައްވަން ފެށީ، އޭރު އެއްވެސް މީހަކަށް ނޭނގެ އެމީހާއަށްވާ ގޮތެއް، ދެން ފެނުނީ އޭނާ ވިހޭތަން،" އެ އޮފިޝަލާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ މައްސަލައާއި ގުޅިގެން، އެ ކުންފުނީގެ ބެލުމުގެ ދަށުގައި ތިބި އެހެން ބަލިމީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި އަންހެން ޕޭޝަންޓުންގެ ކޮޓަރިއެއް ފިރިހެން މުވައްޒަފެއް ވަންނަ އިރު، އަންހެން މުވަންޒަފާއެކީ ނޫން ގޮތަކަށް ނުވަދެވޭ ގޮތަށް އުސޫލެއް ގާއިމުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.