ދުނިޔެ

ފުރަތަމަ ފަހަރަށް ސައުދީން އަންހެން ސަފީރަކު އައްޔަނުކޮށްފި

Feb 24, 2019
2

ރިޔާދު (ފެބްރުއަރީ 24) - ސައުދީ އަރަބިއްޔާ އިން ފުރަތަމަ ފަހަރަށް އަންހެން ސަފީރަކު އައްޔަނުކޮށްފި އެވެ.

ސައުދީ ރަސްގެފާނުގެ ގަރާރަކުން އެމެރިކާގައި ހުންނަ ސައުދީ ސަފީރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްރިންސަސް ރީމާ ބިންތި ބަންދަރު އަލް ސައުދު އެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި އުޅެ ބޮޑުވި، ޕްރިންސަސް ރީމާ އެ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ބައިނަލްއަގުވާމީ މައިދާނުގައި ސައުދީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގައި ހުންނަ ސައުދީ ސަފީރުގެ ގޮތުގައި ހުންނެވި ސައުދީ ވަލީއަހުދުގެ ކޮއްކޯފުޅު ޚާލިދު ބިން ސަލްމާން ވަނީ ޑެޕިޔުޓީ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.

ޕްރިންސަސް ރީމާގެ ބައްޕާފުޅު ބަންޑަރު ބިން ސަލްމާން އަލް ސައުދު ވަނީ 1983 އިން ފެށިގެން 2005 އާއި ހަމައަށް ވަނީ އެމެރިކާގައި ހުންނަ ސައުދީ ސަފީރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.