ވިޔަފާރި

މީރާ މެދުވެރިކޮށް 1.4 ބިލިއަން ރުފިޔާ ބަލައިގެންފި

Jan 13, 2019

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.4 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުގއި މިދިޔަ މަހު ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. މީގެތެރޭގައި ހިމެނެނީ 65 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގަ އެވެ. ޖީއެސްޓީގެ ގޮތުގައި ލިބެނީ 630 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވަނީ 352 މިލިއަން ރުފިޔާ އެވެ.